twitterviber whatsapp telegramfacebookyoutube instagram
11th April 2026

ކުޅުދުއްފުށީ ކައުންސިލުގެ ނައިބް ރައީސްގެ ގެއަށް ކަޅުތެޔޮ ޖަހައިފި

Feb 23, 2015

ކުޅުދުއްފުށީ ކައުންސިލުގެ ނައިބް ރައީސް މުހައްމަދު އައިމަންގެ ގެއަށް ރޭ ބަޔަކު ކަޅުތެޔޮ ޖަހައިފި އެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން އައިމަން ވިދާޅުވީ މިފަަދަ މުޖުތަމައުއެއްގައި މިއީ ވަރަށް ނާތަހުޒީބު އަމަލެއްކަމަށާއި މިއީ ކޮންމެ ބައެއްގެ އަމަލެއް ކަމުގައި ވިއަސް މިކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ކަމަށެވެ.

އޭގެ އިތުރުން އައިމަން ވިދާޅުވީ ޒާތީ ގޮތުން ޖައްސާލައިގެން އުޅޭމިހެއް ބުނަން ނޭނގޭ ކަމަށާއި ބޮޑަށް ބެލެވެނީ މިއީ ސިޔާސީ މައްސަލައެއްގައި ބަޔަކު ކުރިކަމެއް ކަމަށެވެ.

އެމްޑީޕީއަށް ނިސްބަތްވާ އައިމަންގެ ގެއަށް ކަޅުތެޔޮ ޖަހާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި އެވެ. ކަޅުތެޔޮ ޖަހާފައި ހުރީ އޭނާ ދިރިއުޅޭ “ކިރުދޫނި” ގެ ދޮރަށްށެވެ.

އެމްޑީޕީގެ ސަޕޯޓަރު ބޭނުން ކުރުމަށް ބަނޑާރަމައިދާނާ ދިމާގައި ހަދާފައިހުރި ސްކުރީނަކަށްވެސް މިދިޔަ ހަފްތާތެރޭގައި ވަނީ ކަޅުތެޔޮ ޖަހާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355