ކުރީގެ ރައީސް ނަޝީދު ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކުޅުދުއްފުށީ ކައުންސިލު ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ އޮންލައިނުން ކުރި ސުވާލަަކަށް ޖަވާބު ދެއްވަމުން އަލީ މުހައްމަދު ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީ އެކި ބޭފުޅުން މާނަކުރަމުން ދާގޮތް އެއީ ގަބޫލުކުރެވޭނެ ކަމެއްނޫން ކަމަށާއި ނެރެފައިވާ ކޯޓް އަމުރަކީވެސް ތާކުން ތާކުން ޖެހޭ އަމުރެއް ނޫން ކަމަށެވެ. ސަބަބަކީ މީހަކު ކުށެއްކޮށްފާނެ ކަމަށްޓަކައި ހައްޔަރު ކުރުމަށް ރާއްޖޭގެ ގާނޫނު އަސާސީގައި ލިޔެފައިނުވާނެ ކަމަށް އަލީ މުހައްމަދު ވިދާޅުވި އެވެ.
އެމްޑީޕީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ނައިބުގެ މަގާމުވެސް ފުރުވަމުން ގެންދަވާ އަލީ ވިދާޅުވީ ދައުލަތުގެ ސެކިއުރިޓީ ކަމުގައި އުޅުއްވާ ބޭފުޅަކު ފިލައިގެން ގޮސްދާނެތީ ކަމަށްބުނެ ހައްޔަރު ކުރުމަކީ ބަލައި ގަނެވޭނެ ވާހަކައެއް ނޫން ކަމަށާއި އެއީ ކޯޓުން ގާނޫނާއި ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށްވާއިރު އެއަށް ފުލުހުން ބޯލަބައިގެންވެސް ނުވާނެ ކަމަށެވެ.
އޭގެ އިތުުރުން ރައީސް ނަސީދު ހައްޔަރު ކުރެއްވީ މާދަމާ އޮތް ސަރީއަތަށް ގެންދިއުމަށް ކަމަށްބުނެ މި ފެތުރޭ ވާހަކަ އަކީ ދެތެއްކަމުގައި ވާނަމަ އެއީވެސް ގަބޫލު ކުރެވޭނެ ވާހަކައެއް ނޫން ކަމަށާއި ސަބަބަކީ ސަރީއަތައް ގެންދިއުމަށް ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރެވޭނީ ފުރަތަމަ ކޯޓުގެ އަމުރުދަށުން ޝަރީއަތް
ހާޒިރު ނުވި ނަމަ ކަމަށް އަލީ މުހައްމަދު ވިދާޅުވި އެވެ.
އަލީ މުހައްމަދު ވިދާޅުވީ އެމްޑީޕީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ނައިބުގެ ހައިސިއްޔަތުން މިކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވުރި ކުރައްވައި ކަމަށާއި މިއީ ހަމަހަމަ ކަމަށްލޯބި ކުރާ ކޮންމެ ބޭފުޅަކުވެސް ކުށްވެރި ކުރައްވާނެ އަމަލެއް ކަމަށެވެ.