twitterviber whatsapp telegramfacebookyoutube instagram
1st June 2026

ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދިއުމަށް ކުމުންދޫ ކައުންސިލުން ގޮވާލައިފި

Feb 24, 2015

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދަވާ އެމަނިކުފާނު މިނިވަން ކުރެއްވުމަށް ހދ ކުމުންދޫ ކައުންސިލުން ގޮވާލައްވައިފި އެވެ.

ަކުމުންދޫ ކައުންސިލުގެ ރައީސް ސޮއިކުރައްވައި އިއްޔެ ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާ އަލުން އަނބުރާ ގެންދެވާ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުރިހަމަކޮށް ރައްޔިތުން އެދޭ ތަރައްގީ ގެނެސްދިނުމަށް މަސައްކަތްކޮށްދިނުމަށެވެ.

އޭގެ އިތުރުން ރައީސް ނަޝީދަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ލޯބި ލިބިވަޑައިގެންފައިވާ ދިވެހި ރާއްޖެއަށް ޑިމޮކްރަސީއާއި މިނިވަންކަން ގެނެސްދެއްވުމަށް މަސައްކަތް ކުރެއްވި އަގުހުރި ލީޑަރެއްކަމަށް ދެވެކެވަޑައިގަންނަވާ ކަމަށް އެ ނޫސް ބަޔާނުގައި ވެއެވެ.

ރައީސް ނަޝީދު ހައްޔަރުކުރުމަކީ ކުމުންދޫ ކައުންސިލަށް ބަލައިގަނެވޭނެ ކަމެއްނޫން ކަމަށްވެސް ކުމުންދޫ ކައުންސިލުގެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355