twitterviber whatsapp telegramfacebookyoutube instagram
12th May 2024

ރައީސް ނަޝީދު ވަގުތުން ދޫކޮށްލެއްވުމަށް ކުޅުދުއްފުށީ ކައުންސިލުން ގޮވާލައިފި

Feb 25, 2015

ރައީސް މުހައްމަދު ނަޝީދު މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާއެއް ކަމަށާއި ދައުވާ އަބުރާ ގެންގޮސް އެމަނިކުފާނު ވަގުތުން ދޫކޮށްލެއްވުމަށް ކުޅުދުއްފުށީ ކައުންސިލުން ގޮވާލައިފި އެވެ.

ކުޅުދުއްފުށީ ކައުންސިލުން މިކަމަށް ގޮވާލައްވާފައިވަނީ ހޯމަ ދުވަހު އެކައުންސިލުން ނެރެފައިވާ ނޫސް ބަޔާނެއްގައި އެވެ.

މި ނޫސްބަޔާނުގައި ނަޝީދުގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާ 16 ފެބްރުއަރީ 2015 ގައި އަނބުރާ ގެންދެވުމަށްފަހު، ކުއްލިގޮތަކަށް މިހާރު އެމަނިކުފަނުގެ މައްޗަށް އަލުން ޓެރަރިޒަމްގެ ދައުވާ އުފުލައި ކޯޓަށް ހާޟިރުނުވެ ފިއްލަވައިފާނެކަމަށް ތުހުމަތުކޮށް ވަގުތުން އެމަނިކުފާނު ހައްޔަރުކުރި ކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައި އެވެ.

އޭގެ އިތުރުން ގާނޫނު އަސާސީގެ ދަށުން ޕްރެސެކިއުޓަރ ޖެނެރަލްގެ މަސައްކަތުގެ އަސާސް ބިނާކުރަންވާނީ ހަމަހަމަކަމާއި، ޖަވަބުދާރީވުމުގެ މައްޗަށްކަމަށާއި ދައުވާ ކުރަންޖެހޭ އެތައްހާސް މައްސަލައެއް މިހާރުވެސް ހުށަހެޅިފައިވާއިރު އަދި އެމައްސަލަތަކާއިމެދު މިހާތަނަށްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އަލުން ކުރުމަކީ ގާނޫން އަސާސީއާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ ގާނޫނުގެ ރޫހާ ހިލާފުކަމެއްކަމަށް ނޫސްބަޔާނު ވެއެވެ.

ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ފެންނަމުންދަނީ ވާދަވެރި ސިޔާސީ ފަރާތްތައް ނައްތާލާ އެފަރާތްތަކުގެ އިންތިހާބީ ހައްގުތައް ގެއްލުވާލުމަށް މަސައްކަތް ކުރަމުންދާތަން ކަމަށާއި ވާދަވެރި ސިޔާސީ ފަރާތްތަކުގެ ވިޔަފާރިތަކާއި މުދާތައް އެކި ގޮތްގޮތުން އަތުލުމުގެ މަސައްކަތްކުރާތަން ކަމަށްވެސް މި ނޫސްބަޔާނުގައި ވެއެވެ.

އަދި ރާއްޖޭގެ ރައްޔިތުން ހިތްތަކުގައި ބިރުވެރިކަން އުފެދި ރައްޔިތުންގެ އާއްމު މަސްލަހަތު ގެއްލުވާލާ ސަރުކާރުން ސިޔާސީ މަންފާ ހާސިލް ކުރުމަށް ހިންގަމުންދާ ނާތަހުޒީބު އަމަލުތައް ހުއްޓާލާ ސަރުކާރުން ކުޅުދުއްފުށީ ރައްޔިތުންނަށް ވައުދު ވެފައިވާ އެއަރޕޯރޓްގެ މަސައްކަތާއި ޕްރީސްކޫލް ތަކުގެ ފީ ހިލޭކުރުން އަދި ކުރީގެ ސަރުކާރުން ފައްޓަވާފައިވާ ކުޅުދުއްފުށީގެ މަގުހެދުމާއި، ރޯހައުސްތައް ހެދުމާއި ކުޅުދުއްފުށީ ދެ ޕްރީސްކޫލްގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށްވެސް ވަނީ ގޮވާލައިފަ ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355