twitterviber whatsapp telegramfacebookyoutube instagram
12th May 2024

އެންމެ އިސްކަމެއް ދެނީ ކައުންސިލުތައް ބާރުވެރިކުރުވުމަށް: އާދަމް ނާސިރު

Feb 26, 2015

ހދ. އަތޮޅު ކައުންސިލުން އެންމެ އިސްކަމެއްދީގެން ކުރަނީ ކައުންސިލުތައް ބާރުވެރިކުރުން ކަމަށް އެކައުންސިލުގެ ރައީސް އާދަމް ނާސިރު ވިދާޅުވެއްޖެ އެވެ

” ކުޅުދުއްފުށި އޮންލައިނަށް ” ދެއްވި އިންޓަވިއުގައި އާދަމް ނާސިރު ވިދާޅުވީ ކައުންސިލުތައް ބާރުވެރިކޮށް، ކައުންސިލުތައް ލައްވައި އިގްތިސާދީގޮތުން ފައިދާ ހުރިކަންތައްތަކެއް ކުރުމަށް ބޮޑު ސަމާލުކަމެއް ދޭކަމަށެވެ.

” ކައުންސިލުތައް ބާރުވެރިކުރުމަށް އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލުކަމެއް ދެން. ސީދާ ފައިސާ ނުދިންކަމުގައި ވިޔަސް ރަށު ކައުންސިލުތައް ބައިވެރިކޮށްފަ ކައުންސިލުތައް ލައްވައި ކަންތައްތަކެއް ކުރުން. އިގްތިސާދީގޮތުން ވެސް ކައުންސިލުތަކަށް ފައިދާ ހުރި ” އާދަމް ނާސިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ކައުންސިލުގެ ވިސްނުން ހުރީ ގާނޫނީގޮތުން ކައުންސިލުތަކަށް ހުރި ހުރަސްތައް ބަހައްޓާފަ ގާނޫނީ ގޮތުން ކައުންސިލުތަކަށް ކުރެވެން ހުރި ކަންތައް ކުރުމަށް ކަމަށެވެ. އަދި އަތޮޅު ކައުންސިލުން ބާރު އަޅަނީ ވެސް އެގޮތަށްކަމަށެވެ.

އަތޮޅު ކައުންސިލުގެ ރައީސް އާދަމް ނާސިރު ވިދާޅުވީ އަތޮޅުގެ މީހުން ބިނާކުރުމުގެ މަސައްކަތަކީ ވެސް މުހިއްމުކަމެއް ދީގެން ކުރާކަމެއްކަމެވެ. ހދ އަތޮޅުގެ ހިއުމަން ރިސޯސް ދިރާސާކޮށް ބެލިބެލުމުން ވަރަށް ނިކަމެތިކަމަށް ރިސޯޓް އިންޑަސްޓްރީގައި މި ސަރަހައްދަށް ނިސްބަތްވާ ކުދިން ގިނައިން ހިމެނެނީ ” ބެކް އޮފް ހައުސް ގައި” ނާސިރު ވިދާޅުވި އެވެ.

ރިސޯޓް އިންޑަސްޓްރީގެ މެނޭޖްމެންޓުން ދާއިރާގައި އަތޮޅުގެ ކުދިން ހިމެނެނީ ވަރަށް މަދުން ކަމަށާއި ހދ އަތޮޅު ކައުންސިލުން ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ އެ ” ސްކޯޕް ” ބަދަލުކުރުމަށް ކަމަށް އާދަމް ނާސިރު ވިދާޅުވި އެވެ.

އޭނާ ވަނީ ހދ އަތޮޅު ކައުންސިލުން މިހާރު ގެންގުޅޭ ތައުލީމީ ސިޔާސަތު ފާހަގަކުރައްވާފަ އެވެ. އެގޮތުން އަތޮޅު ކައުންސިލުން މިހާރު ވަނީ ގިނަ ސްކޮލަރޝިޕްތަކެއް ހޯދާފަ އެވެ.

އާދަމް ނާސިރު ވިދާޅުވީ ފަތުރުވެރިކަން ހދ އަތޮޅަށް ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ކަމަށާއި ނަމަވެސް އެކަން އެންމެ ހިތްހަމަޖެހޭ

ވަރަށްކުރެވެމުން ނުދާކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އެކަމާ ގުޅޭ މައުލޫމާތުތައް މިނިސްޓްރީތަކުން ހޯދުން ދަތިކަމަށްވެފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. ނާސިރު ވިދާޅުވީ ފަތުރުވެރިކަމާއެކު ހަނިމާދޫ އެއަރޕޯޓް ހަގީގީ އިންޓަނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކުރަންޖެހޭ ކަމަށެވެ.

.ހދ އަތޮޅުގައި ރިސޯޓްތައް ނެތުުމުން ހިޖުރަކުރާ ނިސްބަތް އިތުރުވެފައިވާކަން ފާހަގަކުރައްވައި އެކަމާ ނާސިރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ

” އަޅުގަނޑުމެންގެ އަތޮޅުގައި ރިސޯޓެއް ނެތީމާ ދިމާވާ އެންމެ ބޮޑު މައްސަލައަކީ މައިގުރޭޝަންގެ މައްސަލަ. ވަޒީފާގެ ފުރުސަތު ނެތުމުން ހިޖުރަކުރާ ނިސްބަތް މިއުޅެނީ ވަރަށް މަތީގަ. ހދ އަތޮޅަށް އެބަ އުފަންވޭ ގާގަނޑަކަށް މަހަކު 25 ކުދިން. އެވްރެޖްކޮށް އަހަރަކު ހިޖުރަ އެބަކުރޭ 2 އާއިލާ ނުވަތަ 3 އާއިލާ އޭގެ ސަބަބުން ބައެއް ރަށްރަށް ޖީލެއްގެ ފަހަތަށް އެބަދޭ ” އާދަމް ނާސިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަތުރުވެރިން ހދ އަތޮޅަށް ގެނައުމަށްޓަކާއި ކަމާ ގުޅުން ހުރި ހުރިހާ މުވައްސަސާތަކާ އެކު ވާހަކަ ދައްކަމުންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355