twitterviber whatsapp telegramfacebookyoutube instagram
22nd May 2025

ދުނިޔޭގެ ‘އަނެއް’ ހަނދު

Mar 1, 2015

އަޅުގަނޑުމެން އެންމެންނަށް ހަނދު އެނގެ އެވެ. އޭގެ ރީތިކަމަށް ތައުރީފުކޮށް އެވާހަކަ ދައްކާ ހަދަމެވެ. އަދި ހަނދުވަރުދޭ ރޭރޭ ލޯބިވެރިން ހަނދު ހެކިކޮށް ވައުދުތައް ވެސް ވެ އެވެ. ނަމަވެސް ދުނިޔެ ވަށައިގެން ދައުރުވަމުންދާ ހަމައެކަނި ގުދުރަތީ ސެޓެލައިޓަކީ ހަނދު ނުވަތަ އެހެން ގޮތަކަށް ބުނާނަމަ ‘މޫން’ އެކަންޏެއް ނޫނެވެ.

ކްރުއިތުން 3753 އަކީ ދުނިޔެ ވަށައިގެން ދައުރުވަމުންދާ ހިލައެކެވެ. އެހެން ނަމަވެސް ކްރުއިތުން ދުނިޔެ ވަށައިގެން ދައުރުވަމުންދަނީ ހަނދު ދުނިޔެ ވަށައިގެން އެނބުރޭ ބައްޓަމާ ވަރަށް ތަފާތު ބައްޓަމަކަށެވެ. އެއީ “ހޯސް ޝޫ” ބައްޓަމަށެވެ. މިއާދަޔާ ހިލާފު ބައްޓަން ސައިންސްވެރިންނަށް ފާހަގަކުރެވުނީ 1997 ވަނަ އަހަރު އެވެ. އަދި އެމީހުންނަށް ހޯދުނު ގޮތުގައި ދުނިޔެ ނޫނަސް ސެޓާރންގެ ވަށައިގެން އެނބުރޭ ހަނދުތައް ދައުރުވަނީ ވެސް މި ބައްޓަމަށެވެ.

ކަން މިހެން ހުރުމާއެކު މާސް އަދި ވީނަސްއާ ގާތްކުރާ ހިސާބަކަށް މިހަނދު ދައުރުކުރެ އެވެ. ނަތީއްޖާއެއްގެ ގޮތުން އިރުގެ ވަށައިގެން ބުރެއް އެޅުމަށް އަހަރެއްހާ ދުވަސް ނެގިނަމަވެސް ދުނިޔެ ވަށައިގެން ބުރެއް އެޅުމަށް ކްރުއިތުން 800 އަހަރު ނަގައެވެ.

ކްރުއިތުންއާ ހިސާބުން ދުނިޔޭގެ ވަށައިގެން ދައުރުކުރާ ހިލަތަކުގެ ވާހަކަ ނިމުނީއެއް ނޫނެވެ. އެފަދަ ބައިވަރު ހަނދުތަކެއް ނުޖޫމީ އިލްމުވެރިން މިހާރު ވަނީ ހޯދާފަ އެވެ. ވީމާ ހަނދު ފަދައިން ތިފަދަ ދެވަނައެއް ނެތް ކަމަށް ހެކިވާއިރު ވިސްނާލައްވައްޗެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355