twitterviber whatsapp telegramfacebookyoutube instagram
11th September 2025

36 ވަނަ އަހަރީ ދުވަހާ ދިމާކޮށް އޭއިސީ އެޓްލެޓިކްސް މީޓް ފަށައިފި

Mar 2, 2015

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ 36 ވަނަ އަހަރީ ދުވަހާ ދިމާކޮށް އެޓްލެޓިކްސް މީޓް ފަށައިފި އެވެ.

އިއްޔެ ސްޓޭޑިއަމްގައި މި އެޓްލެޓިކްސް މީޓް ފައްޓަވާދެއްވާފައިވަނީ އެ ސްކޫލްގެ ޕީޓީއޭގެ ނައިބު ރައީސް ހަސަން އަލީ އެވެ. މީޓް ފައްޓަވައިދިނުމުގެ ގޮތުން ހަސަން އަލީ ވަނީ ގައުމީ ދިދަ ނަންގަވައިދީފައެވެ. އަދި ސްކޫލް ދިދަ އޭއީސީގެ ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު އަބުދުﷲ ނަންގަވައިދެއްވިއިރު ހައުސްތަކުގެ ދިދަ ނެގީ ހައުސް ކެޕްޓަނުންނެވެ.

މި ރަސްމިޔާތުގައި ސްކޫލްގެ ފަރާތުން ވާހަކަ ދައްކަވަމުން އަބުދުއް ރަޝީދު ވިދާޅުވީ މި މީޓް ބޭއްވުމުގެ މަގުސަދަކީ ދަރިވަރުންނާއިއެކު ވަގުތު ހޭދަކޮށް މޮޅެތި

އެޓްލީޓުން އުފެއްދުމަށް ކަމަށެވެ.

ހަފުތާއެއްގެ ނިޔަލަށް ކުރިއަށްދާ މި މީޓްގައި އިއްޔެ ކުރިއަށް ގޮސްފައިވަނީ ދުވުމުގެ މުބާރާތްތަކެވެ.

އެ ސްކޫލްގެ 36 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ވަނީ ހެނދުނު ހާއްސަ އެސެންބްލީ އެއްވެސް ބާއްވާފަ އެވެ.

މި އެސެމްބްލީ ސަރަފްވެރިކޮށްދެއްވީ ގައުމީ ޔުނިވަރސިޓީ ކުޅުދުއްފުށީ ކެމްޕަހުގެ މެނޭޖަރ އިބްރާހިމް މުހައްމަދެވެ.

އެސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު އަބްދުﷲ ވިދާޅުވީ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސްކޫލްގެ ކޮންމެ ދަރިވަރެއްގެ ފަރާތުން އިއްޔެ ވަނީ ސްކޫލަށް ގަހެއް ހަދިޔާ ކޮށްފަ ކަމަށާއި އޭގެ އިތުރުން ދަރިވަރުންގެ ކިބައިގައި ރީތި ސިފަތައް އަށަގެންނެވުމަށްޓަކައި އިއްޔެއިން ފެށިގެން ކޮންމެ މަހަކުވެސް ވަކި ސިފައެއް ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރަމުން ދާނެ ކަމަށެވެ. އެގޮޮތުން މި މަހަށް ހަމަޖެހިފައިވާ ސިފައަކީ ސަލާމް ކުރުމުގެ ސިފަ ކަމަށް ވެސް އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

[yass cats=167]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355