twitterviber whatsapp telegramfacebookyoutube instagram
11th July 2025

ބަނދަރުގައި ހޮޅިދަނޑި ޖެހުމުގެ މަސައްކަތް އޮއިވާލި ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި

Mar 3, 2015

ކުޅުދުއްފުށީ ބަނދަރުގައި ހޮޅިދަނޑި ޖެހުމުގެ މަސައްކަތް އޮއިވާލި ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް އޮއިވާލި ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައިވަނީ އިއްޔެ ކައުންސިލް އިދާރާގައި އޮތް ރަސްމިއްޔާތެއްގަ އެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ ހޮޅިދަނޑި ޖެހުމުގެ މަސައްކަތް ހަވާލު ކުރެވިފައިވަނީ އިތުރު ދައްޗެއް ކުރިމަތި ނުވެެއްޖެނަމަ 10 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.

ޖުމްލަ 15 ހޮޅިދަނޑި ޖަހަން ހަމަޖެހިފައިވާއިރު މިހާރު ބަނދަރުގައި ހުރި ހޮޅުދަނޑިތައް ނެގޭނެ ކަމަށާއި އައު ހޮޅުދަނޑިތައް ޖެހުމަށް ހަމަޖެހިފައިވަނީ އެމް.އާރު.ޑީ.ސީން ބަނދަރު މަގުހެދުމަށް ކޮށްފައިވާ ޕްލޭންއަށް ބުރުނާރާނެ ގޮތަކަށްކަމަށް އަލީ މުހައްމަދު ވިދާޅުވި އެވެ.

އޭގެ އިތުރުން މަގު ހަދާ ނިމޭއިރު 10 ފޫޓްގެ ޕޭމަންޓްއެއް އިންނާނެ ކަމަށާއި އައު ހޮޅިދަނޑިތައް ޖެހުމަށް ހަމަޖެހިފައިވަނީ ތޮށިގަނޑާއި 1 މީޓަރު ފެއަށް ވާގޮތަށް ކަަމަށްވެސް އަލީ މުހައްމަދު ވިދާޅުވި އެވެ.

އޮއިވާލި ކޮންސްޓްރަކްޝަނާއި މި މަސަކަތް ހަވާލިކުރެވިފައިވަނީ ބީލަމަށް ހުޅުވާލުމުން އެންމެ އަގުހެޔޮކޮށް މި ކަމަށް ޝައުގުވެރިކަން ހުށައަޅާފައިވަނީ އެފަރާތުން ކަމަށްވާތީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355