twitterviber whatsapp telegramfacebookyoutube instagram
25th December 2025

ގޮއިދޫ ފަޅުތެރެ ރެހިން ތިޔާގިވެއްޖެ

Mar 5, 2015

ށ. ގޮއިދޫ ފަޅުތެރެއަށް ރެހި އައިނެއް ވަދެ މުޅި ރަށުގައި ރެހި ތިޔާގިވެއްޖެ އެެވެ.

ށ. ގޮއިދޫ ވާހަކަ ދެއްކި މީހަކު ބުނީ އެރަށުގެ ފަޅުތެރެއަށް ރެހި އައިނެއް ވަދެފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. ގިނަ އަދަދަކަށް ރެހި ވަނުމުން މީހުން ދާޖަހައިގެން ރެހި ހިފާކަމަށެވެ.

އޭނާ ބުނީ ރެހި ހިފާ ވަގުތު ރެހި ބަލައި ބަނދަރަށް ދާ ކޮންމެ މީހަކަ ވެސް ރެހި ބަހާ ކަމަށެވެ. އޭގެ އިތުރުން ވެސް ރަށުގެ ހުރިހާ ގެއަކަށް ރެހި ބަހާފައިވާނޭ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ ރެހި ހިފާ ވަގުތުތަކުގައި ރެހި ބަލައި ބަރޯ ފަދަ ތަކެތި ހިފައިގެން އަންހެންވެރީން ބަނދަރު ސަރަހައްދުގައި ތިބޭކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ރެހި އައިނެއް ގޮއިދޫ ފަޅުތެރެއަށް ވަން ފުރަތަމަ ފަހަރެވެ.

[yass cats=169]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355