twitterviber whatsapp telegramfacebookyoutube instagram
25th December 2025

ނޭކުރަންދޫ ގެއެއްގެ ތެރޭގައި ބަނގުރާ ކައްކަމުން ދިޔަ ޒުވާނަކު ހައްޔަރުކޮށްފި

Mar 5, 2015

ހދ.ނޭކުރަންދޫ ގެއެއްގެ ތެރޭގައި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ކައްކަމުން ދިޔަ ޒުވާނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންނަށް މީޑިއާއިން ބުނީ އެފަރާތަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކޮށްފައިވަނީ 23 އަހަރުގެ ޒުވާނެކަމަށެވެ.

ފުލުހުންގެ ބުނީ އޭނާ ބެލުމުގެ ދަށަށް ގެނެސް އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އޭނާގެ ކޮޓަރި ތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ ފުޅިއަކާއި ބަނގުރާކެއްކުމަށް ބޭނުންކުރުމަށް ބޭނުންކުރާ ބައެއް އާލާތްތައް ފެނިފައިވާ ކަމަށެވެ

މި މައްސަލާގައި ހައްޔަރުކުރި ޒުވާނާގެ ބަންދުގެ މުއްދަތަށް ކުޅުދުއްފުށީ ކޯޓުން ވަނީ 10 ދުވަސް ޖަހާދީފަ އެވެ.

މިމައްސަލަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355