twitterviber whatsapp telegramfacebookyoutube instagram
20th April 2024

“ރަންދަރި”އަކީ ބަލާފަ ހަނދާން ނައްތާލެވޭނެ ފިލްމެއް ނޫން: މާއެނބޫ

Mar 7, 2015

ދިވެހި ފިލްމް “ރަންދަރި”އަކީ ބަލާފަ ހަނދާން ނައްތާލެވޭނެ ފިލްމެއް ނޫން ކަމަށް އެ ފިލްމްގެ ޑައިރެކްޓަރ މުހައްމަދު އަބޫބަކުރު (މާއެނބޫ) ބުނެފިއެވެ.

“ކުޅުދުއްފުށި އޮންލައިންނަށް” ދިން ބަސްދީގަތުމެއްގައި މާއެނބޫ ބުނީ ފިލްމް “ރަންދަރި”އަކީ ތަފާތު ފިލްމެއް ކަމަށާއި އެ ފިލްމް ބެލުމަށްފަހު ފިލްމް މަތިން ހަނދާން ނައްތާނުލެވޭނެ ކަމަށެވެ. އަދި ފިލްމް ރީތިވާނެ ކަމުގެ ފުރިހަމަ ޔަގީންކަންދޭ ކަމަށް އޭނާ ބުންޏެވެ.

ފަރިވާ ފިލްމްސް އިން އުފައްދާފައިވާ ދިވެހި ފިލްމް “ރަންދަރި” މިހާރު އޮލިމްޕަހުގައި ދައްކަމުންދާއިރު ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި މި ފިލްމް އެޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ އެވެ.

ހުސެއިން ރަޝީދު (މަހުމާ) ޕްރޮޑިއުސްކޮށް، މުހައްމަދު އަބޫބަކުރު (މާއެނބޫ) ޑައިރެކްޓްކޮށްފައިވާ މި ފިލްމްގައި ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި އަހުމަދު ނިމާލް، ފާތުމަތު އާޒިފާ އަދި އަރަމުން އަންނަ ބަތަލް ދޮން އައްޔަ ހިމެނެއެވެ.

މި މަހުގެ 12،11 އަދި 13 ގައި “ޓޫ އެޗް ޓޫ” ފިހާރައިން ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާއިރު ޓިކެޓެއްގެ އަގަކީ 60 ރުފިޔާ އެވެ. ތިލަދެކުނު ސިނަމާގައި މި ފިލްމްގެ އަޅުވަން ހަމަޖެހިފައިވަނީ އެންމެ ޝޯވއެކެވެ.

މި އަހަރުގެ ފުރަތަމަ ދިވެހި ފިލްމް “ރަންދަރި”ގެ ކާމިޔާބު ޝޯވތަކެއް އޮލިމްޕަހުގައި ބޭއްވުނު ކަމަށް އެ ފިލްމްގެ ޕްރޮޑިއުސަރު ހާމަކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355