ކުޅުދުއްފުށީގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ވިދާޅުވެއްޖެ އެވެ.
ރޭ ބަންޑާރަމަގު އެޑްމޭން ފިހާރަ ކައިރީގައި 2 ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 2 ސައިކަލުގައި ތިބި 3 ޒުވާނަކަށެވެ. އެކްސިޑެންޓުގައި ޒަހަމްވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެތަނުން އެއް ސައިކަލުގެ ފަހަތުގައި އިން ނޫރާނީމާގެ ޝާމިލް (17) އާއި ތަގްދީރު އަހުމަދު އަހުމީމް (18) ނޫރު މުހައްމަދު ޖައިލަމް(21) އެވެ.
“ކުޅުދުއްފުށި އޮންލައިނަށް “މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރ އިންޗާޖު ރާއޯ ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ހާލު މިހާރު އަންނަނީ ރަގަޅުވަމުން ކަމަށެވެ.
ރޭގެ އެކްސިޑެންޓުގައި ހަލާކުވި ސައިކަލެއް–
ރާއޯ ވިދާޅުވީ މުހައްމަދު ޝާމިލް ކަނާތު ކަކުލުން ބައެއް ނެއްޓިފައިވާއިރު ކަނާތު އުޅަބޯއްޓާއި ފައިތިލަ ވަނީ ވަރަށްބޮޑަށް ހަލާކުވެފައިކަމަށާއި އޭގެ އިތުރުން އެކިއެކި އަނިޔާ ލިބިފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އަދި މުހައްމަދު ޖައިލަމްގެ ހަށިގަނޑުގެ އެކި ތަންތަނުން މަށައިގެންގޮސް އެކިވަރުގެ އަނިޔާލިބިފައިވާ ކަމަށް ވެސް ރާއޯ މައުލޫމާތު ދެއެވެ.
މީގެ ތެރެއިން އަހުމަދު އަހުމީމް މިހާރު ވަނީ ފަރުވާ ދިނުމަށްފަހު ދޫކޮށްލާފަ ކަމަށާއި ޝާމިލްގެ ފަރުވާއަށް ދިމާވެފައިވާ ދައްޗަކީ އެއީ ތެލަސީމީ މޭޖާރ އަކަށް ވުމުން ލޭ ލިބުން ލަސްވަމުންދާތީ ދިމާވެފައިވާ މައްސަލަކަމާށާއި އޭގެ އިތުރުން ހުރިހާކަމެއް ރަގަނޅުކަމަށް ރާއޯ ވިދާޅުވި އެވެ.
މި އެކްސިޑެންޓްގައި އަހްމީމް ދުއްވި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު ޖައިލަމް ދުއްވި ސައިކަލަށްވެސް ވަނީ އެކިވަރުގެ ގެއްލުންލިބިފަ އެވެ.