twitterviber whatsapp telegramfacebookyoutube instagram
12th May 2024

ކުރިނބީ ސްކޫލްގެ ދިވެހި ދުވަހުގެ ހަރަކާތްތައް ނިމި ނަތީޖާ ފާޅުކޮށްފި

Mar 7, 2015

-އަލީ ވިސާމް-

ކުރިނބީ ސްކޫލްގެ ދިވެހި ކުލަބުން އިންތިޒާމްކޮށްގެން ދަރިވަރުންގެ ހިތްތަކުގައި ދިވެހި ބަހަށް ލޯބި ޖެއްސުމަށާއި ދިވެހި އަދަބިއްޔާތު ދިރުވައި އާލާކުރުމުގެ

މަޤްސަދުގައި މިދިޔަ ބުރާސްފަތި ދުވަހު ހެނދުނުން ފެށިގެން ކުރިނބީ ސްކޫލްގެ ހޯލުގައި ހައުސްތަކުގެ މެދުގައި ކުރިއަށްދިޔަ ދިވެހި ދުވަހުގެ ހަރަކާތްތައް ނިމި ހަރަކާތްތަކުގެ ނަތީޖާ ފާޅުކޮށްފި އެވެ.

ވާހަކަ ކިޔުމާއި، ޖުމްލަ ހެދުުމާއި ރައިވަރު ކިޔުމުގެ މުބާރާތެއްގެ އިތުރުން ޅެންވެރިންނާއެކު ހަވީރު ކުރުމުގެ މުބާރާތަކާއެކު ކުރިއަށްދިޔަ ދިވެހި ދުވަހުގެ ހަރަކާތަތަކުން އެންމެ މޮޅު ހައުސްއަކަށް ހޮވިފައިވަނީ މަޖީދީ ހައުސް އެވެ. ދެވަނަ ހައުސްއަކަށް ހޮވިފައިވަނީ ފަރީދީ ހައުސް އެވެ.

ހުރިހާ ހަރަކާތަކުން އެއްކޮށް އެންމެ މޮޅު ހައުސް ހޮވުމުގެ އިތުރުން ކޮންމެ މުބާރާތަކުން 1 ވަނަ ދެވަނަ އަދި 3 ވަަނަ ދަރިވަރުވެސް މި ރަސްމިއްޔާތުގައި ހޮވައި އިނާމު ހަވާލުކޮށްފައިވެއެވެ. އެގޮތުން ބަލާއިރު ގްރޭޑް 6 ން މަތީގެ ދަރިންނަށް ބޭއްވި ޅެންވެރިންނާއެކު ހަވީރުކުރުމުގެ މުބާރާތުން އެއްވަނަ މަޖީދީ ހައުސްގެ ދަރިވަރު ހަސަން ވަހީދު ހޯދިއިރު، ގްރޭޑް 4 އަދި 5 ގެ ދަރިވަރުންނަށް ބޭއްވި ޖުމްލަ ހެދުމުގެ މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ އަމީނީ ހައުސްގެ ދަރިވަރު އަހުމަދު ޒިހާން އެވެ.

ގްރޭޑް 6 އަދި 7 ގެ ދަރިވަރުންނަށް ބޭއްވި ވާހަކަ ކިޔުމުގެ މުބާރާތުގެ އެއްވަނަ އަމީނީ ހައުސްގެ ދަރިވަރު އައިމިނަތު ޝަރާ އަދި ގްރޭޑް 4 އަދި 5 ގެ ދރިވަރުންގެ ރައިވަރު ކިޔުމުގެ މުބާރާތުން 1 ވަނަ ހޯދާފަިއވަނީ ހަމަ އެ ހައުސްގެ ދަރިވަރު ފާތިމަތު ޝައިނާ އެވެ.

ގްރޭޑް 6 އަދި 7 ގެ ދަރިވަރުންގެ އުމުރުފުރާއިން ރައިވަރު ކިޔުމުގެ މުބާރާތުން އެއްވަނަ އަމީނީ ހައުސްގެ ދަރިވަރު އައިމިނަތު ޝަރާ ހޯދިއިރު 8،9،10 ގެ އުމުރުފުރާއިން އެއްވަނަ ހޯދާފައިވަނީ ފަރީދީ ހައުސްގެ ދަރިވަރު މައިޝާ މުހައްމަދެވެ.

ދިވެހި ކްލަބު ފެނިގެންދަނީ މިއަހަރުގެ މިހާތަނަށް ކުރިނބީ ސްކޫލްގެ އެންމެ ހަރަކާތްތެރި ކްލަބުގެ ގޮތުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355