twitterviber whatsapp telegramfacebookyoutube instagram
12th August 2026

ހދ އަތޮޅު ގުރުއާން މުބާރާތުގައި 11 ރަށަކުން ބައިވެރިވެއްޖެ

Mar 11, 2015

ހދ އަތޮޅު ގުރުއާން މުބާރާތުގައި ހަމަޖެހިފައިވާ އަތޮޅު ގުރުއާން މުބާރަތުގައި މިއަހަރު 11 ރަށަކުން ބައިވެރިވެއްޖެ އެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ކައުންސިލުގެ މީޑިއާ ކޯޑިނޭޓަރ އަބްދުލް މުހައިމިން ވިދާޅުވީ ހިރިމަރަދޫއާއި ފިނޭ ފިޔަވާ އެހެން ހުރިހާ ރަށަކުން މުބާރާތުގައި ބައިވެރިވުމަށް ފޯމް ހުށައަޅާފައިވާ ކަމަށާއި ފޯމް ހުށައެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ މާރޗް މަހުގެ 4 ހަމައަށް ކަމަށެވެ.

މި އަހަރު މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ އޭޕްރިލް މަހު 2 ން 4 ކަށް ނޮޅިވަރަންފަރުގަ އެވެ.

މިދިޔަ އަހަރު މި މުބާރަތުގައި ބައިވެރިވީ 11 ރަށަކުން ޖުމްލަ 130 ދަރިވަރުންނެވެ.

މި މުބާރާތަކީ 2011 ވަނަ އަހަރުން ފެށިގެން އަތޮޅު ފެންވަރުގަ ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ގަދަ ފަނަރަ ދަރިވަރުން ހޮވައި އެދަރިވަރުންނަށް ގައުމީ ގުރުއާން މުބާރާތުގައި އަތޮޅު ތަމްސީލުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355