twitterviber whatsapp telegramfacebookyoutube instagram
25th December 2025

ހދ. އަތޮޅު ކައުންސިލްގެ އަގުލަބިއްޔަތު ސަރުކާރަށް ގެއްލިއްޖެ

Mar 9, 2015

– އަލީ ވިޝާމް –

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ ސަރުކާރު ކޯލިޝަނުން ވަކިވުމާއެކު ހދ.އަތޮޅު ކައުންސިލްގެ މެޖޯރިޓީ ސަރުކާރަށް ގެއްލިއްޖެ އެވެ.

ހދ.އަތޮޅު ކައުންސިލްގައި ތިއްބަވަނީ ޕީޕީއެމްގެ 3 ކައުންސިލަރުންނާއި އިދިކޮޅު އެމްޑީޕީގެ 4 ކައުންސިލަރުންގެ އިތުރުން އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ 2 ކައުންސިލަރުންނާއި ޖުމްހޫރީ ޕާޓީގެ ކައުންސިލަރެކެވެ.

ސަރުކާރު ކޯލިޝަނުން އަދާލަތު ޕާޓީ ވަކިވީ، ސަރުކާރު އުފެދި މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދައިގެ ކަންކަން ފެތުރި، އަދުލު އިންސާފު ގެއްލި، އަނިޔާވެރިކަން އިތުރުވަމުންދާތީއާއި ސަރުކާރަށް ރައްޔިތުން ދީފައިވާ އިތުބާރު ނަހަމަގޮތުގައި ބޭނުންކޮށްގެން ޤާނޫނު އަސާސީގެ ރޫހާއި ހިލާފަށް، އަސާސީ ހައްޤުތަކާއި މިނިވަންކަން ހަނިކޮށް، މިނިވަން މުއައްސަސާތަކުގެ މުސްތަޤިއްލުކަން ގެއްލުވާލައި ބާރުތަށް އެއްކުރުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށް އެ ޕާޓީން ރޭ ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355