twitterviber whatsapp telegramfacebookyoutube instagram
12th May 2024

ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގެ ޖެނެރަލް މެނޭޖަރުގެ މަގާމުން ފަރުހޫދު ވަކިކުރައްވައިފި

Mar 10, 2015

ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގެ ޖެނަރަލް މެނޭޖަރުގެ މަގާމުން އިބުރާހިމް ފަރުހޫދު ވަކިކުރައްވައިފި އެވެ.

އޭނާ މަގާމުން ވަކިކުރައްވާފައިވަނީ މިދިޔަ ފެބްރުއަރީ 26 ވަނަ ދުވަހު އެވެ. އޭނާ މަގާމުން ވަކިކުރެއްވީ ފެބްރުއަރީ 5 ވަނަ ދުވަހު ސަސްޕެންޑް

ކުރެއްވުމަށް ފަހުގަ އެވެ.

ކުޅުދުއްފުށީ ސަރައްދީ ބަނދަރުގެ ސީނިއާ މުވައްޒަފެއް ވިދާޅުވީ ފަރުހޫދު މަގާމުން ވަކިކުރެއްވީ ކޮރަޕްޝަނުގެ މައްސަލަތަކެއްގައި ކަން އެގިފައިވާ ކަމަށެވެ. އަދި ބަނދަރުގެ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ތަކެއް ގެންގުޅުވާކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ” ކުޅުދުއްފުށި އޮންލައިނަށް ” ދެއްވި ބަސްތީގަތުމެއްގައި ފަރުހޫދު ވިދާޅުވީ އޭނާ މަގާމުން ދުރުކޮށްފައިވަނީ ކޮރަޕްޝަނުގެ މައްސަލައެއްގައި ނޫން ކަމަށާއި މަގާމުން ދުރުކޮށްފައިވަނީ ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރައްވާތީ އެކަން ޕޯޓްސް ލިމިޑެންޓްގައި އުޅުވައި ބޭފުޅަކަށް ގަބޫލު ނުކުރެވިގެން ކަމަށެވެ.

އިބްރާހިމް ފަރުހޫދަކީ ސަރުކާރުގެ ގިނަ ވަޒީފާތަކެއް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. އެގޮތުން ކުޅުދުއްފުށީ ކަތީބުކަމާއި ރާއްޖެތެރޭ ހާއްސަ އެހީތެރިޔާގެ މަގާމުގެ އިތުރުން ސަރަހައްދީ ތަރައްގީގެ އުތުރުގެ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމާއި ފަހުން އެތަނުގެ ޑިރެކްޓަރުގެ މަގާމު ވެސް ފަރުހޫދު ފުރުއްވާފައިވެ އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ސަރަހައްދީ ތަރައްގީގެ އުތުރުގެ އޮފީހުގެ ޑިރެކްޓަރު މަގާމުން އޭނާ ވަކިކުރެއްވި އެވެ. ސަރަހައްދީ ބަނދަރުގެ ޖެނެރަލް މެނޭޖަރުގެ މަގާމު ފަރުހޫދަށް ދެއްވީ ރައީސް ވަހީދުގެ ވެރިކަމުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355