twitterviber whatsapp telegramfacebookyoutube instagram
13th May 2024

އެސް.ޓީ.އޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

Mar 11, 2015

-އަލީ ވިސާމް-

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން ވިއްކަމުން އައި ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑު ކޮށްފި އެވެ.

އެސް.ޓީ.އޯ އިން މި ނޫހަށް މައުލޫމާތު ދެއްވިގޮތުގައި ލިޓަރެއް 10 ރުފިޔާއަށް ވިއްކަމުން އައި ޕެޓްރޯލާއި ޑީސަލް މިއަދުން ފެށިގެން އެ ކުންފުނިން ވިއްކަމުންދާނީ ލިޓަރަކުން 1 ރުފިޔާ ބޮޑުކޮށް 11 ރުފިޔާއަށް ކަމަށެވެ. އެ ކުންފުނިން ހާމަކުރެއްވި ގޮތުގައި މި ބަދަލަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން ގެނައި ބަދަލެކެވެ.

މިއަދުން ފެށިގެން އެސް.ޓީ.އޯ އިން ތެލުގެ އަގު ބޮޑުކޮށްފައިމިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދިއުމާއި ގުޅިގެން އެ ކުންފުނިން ވިއްކަމުންއައި ތެލުގެ އަގު މިދިޔަ ނޮވެމްބަރ މަހުން ފެށިގެން ފަސް ފަހަރެއްގެ މަތިން ހެޔޮކުރުމަށްފަހުގަ އެވެ.

އެސް.ޓީ.އޯ އިން ތެލުގެ އަގު ބޮޑުކޮށްފައި މިވަނީ މިއަހަރުގެ މެދަކާ ހިސާބަށް ދާއިރުގައި ތެލުގެ އަގު މައްޗަށް ދާނެކަމަށް، ތެޔޮ އެކްސްޕޯޓްކުރާ ގައުމުތަކުގެ ޖަމިއްޔާ (އޯޕެކް)ގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ އަލްބަދްރީ ވިދާޅުވެފައި ވަނިކޮށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355