twitterviber whatsapp telegramfacebookyoutube instagram
16th May 2025

ބެލެނިވެރިންގެ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަމީރު އަމީން ސްކޫލުން ހޯދައިފި

Mar 14, 2015

ބެލެނިވެރިންގެ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަމީރު އަމީން ސްކޫލުން ހޯދައިފި އެވެ.

މާރޗް 6 ން 13 އަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ އަމީރު އަމީން ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލްގައި އެއީސީ އާއި ވާދަކޮށް 25-35 ގެ ނަތީޖާ އަކުންނެވެ.

އިއްޔެ ހަވީރު ޒޯން ސްޓޭޑިއަމްގައި ކުރިއަށް ދިޔަ މި މުބާރާތުގެ ކްއީން އޮފް ދަ މެޗަށް ހޮވިފައިވަނީ އަމީރު އަމީން ސްކޫލްގެެ ނާއިފާ އަބްދުލްރަހުމާން އެވެ. އަދި ކްއީން އޮފް ދަ ސީރީސް އަށް ހޮވިފައިވަނީ އަމީރު އަމީން ސްކޫލްގެ ޖަމީލާ މޫސާ އެވެ.

މި މުބާރާތުގެ މޮޅު ހަަތް ކުުޅުންތެރިންނަށް ހޮވިފައިވަނީ އޭއީސީގެ ނަސްރީނާ އަލީ، ޝަހީދާ މޫސާ، އަމީރު އަމީން ސްކޫލްގެ އާތިފާ މުހައްމަދު، ޖަމީލާ މޫސާ، ނާއިފާ އަބްދުލްރަހުމާން، ނާޒިމާ މުހައްމަދު އަދި އަފީފުއްދީން ސްކޫލްގެ އާބިދާ އާދަމް އެވެ.

ނެޓްބޯޅަ މުބާރާތުން 2 ވަނަ އަށް ދިޔަ އޭއީސީގެ ޓީމް–ފޮޓޯ: ވާހިދު

މި މުބާރާތުގެ ފެއަރ ޕްލޭ ޓީމަށް ހޮވިފައިވަނީ މިދިޔަ ދެ އަހަރުގެ ޗެމްޕިއަންކަން ހޯދާފައިވާ އިރުމަތި އަވަށު ޕްރީ ސްކޫލެވެ.

މި މުބާރަތަކީ ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކްލަބުން އިންތިޒާމު ކޮށްގެން ބޭއްވި 6 ވަނަ އިންޓަރ ސްކޫލް ޕޭރެންޓްސް ނެޓްބޯލް ޓޯނަމެންޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355