twitterviber whatsapp telegramfacebookyoutube instagram
11th April 2026

ޖަލާލުއްދީން ސްކޫލުގައި ޕްރިފެކްޓް ކޭމްޕެއް ކުރިއަށް ގެންގޮސްފި

Mar 14, 2015

ޖަލާލުއްދީން ސްކޫލްގެ ޕްރިފެކްޓުންނަށް އަމާޒުކޮށްގެން ޕްރިފެކްޓް ކޭމްޕެއް ކުރިއަށް ގެންގޮސްފި އެވެ.

ޖަލާލުއްދީން ސްކޫލްގެ ޕްރިޕެކްޓް ކޯޓިނޭޑާރ އަބްދުﷲ ވިދާޅުވީ މި ކޭމްޕުގައި މައުލޫމާތު ދެވިގެންދާނީ ދިމާވާ ކުއްލި ހާލަތްތަކުގައި ކަންތައް ކުރާނެގޮތާއި ދިރުއުޅުމުގެ އެކިއެކި ކަންކަމާއި ބެހޭގޮތުން ކަމަށެވެ.

އެގޮތުން މިކޭޕްގައި އެމް.އެން.ޑީ.އެފް މުވައްޒަފުންވަނީ ފަސްޓް އެއިޑާއި، ފަޔަރ ފައިޓިންނާއި ބޭހޭގޮތުން މައުލޫމާތު ދީ އަލިފާން ނިންވާނެ ގޮތް ދަސްކޮށްދިނުމުގެ ސެޝަންއެއް ކުރިއަށް ގެންގޮއްފަ އެވެ. އަދި އޭގެ އިތުރުން ބުލީ ކުރުންމާއި ދިރުއުޅުމުގައި ދިމާވާ މައްސަލަތަކާއި ބޭގޮތުން ސްކޫލްގެ ޓީޗަރުން ވެސް ވަނީ ދަރިވަރުންނަށް މައުލޫމާތުދީފަ އެވެ.

މިއީ އެސްކޫލްގައި ހިންގާ ފުރަތަމަ ޕްރިފެކްޓް ކޭމްޕްކަމަށާއި ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު ކޭމްޕްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އަބްދުﷲ ވިދާޅުވި އެވެ. އޭގެ އިތުރުން މި ކޭމްޕް ކުރިއަށް ގެންދިއުމަށްޓަކައި ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ އެެއްބާރުލުން ވެސްވަނީ ފާހަގަ ކުރައްވާފަ އެވެ.

މި ކޭޕްގައި ޖުމްލަ 67 ޕްރިފެކްޓުންވަނީ ބައިވެރިވެފަ އެވެ.

[yass cats=171]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355