twitterviber whatsapp telegramfacebookyoutube instagram
25th December 2025

ޖަލާލުއްދީން ސްކޫލުގައި ކާބޯތަކެތީގެ މައުރަޒެއް ބާއްވާ ބައިލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި

Mar 14, 2015

ޖަލާލުއްދީން ސްކޫލުގެ ޕީޓީއޭގެ ފަރާތުން އިންތިޒާމު ކޮށްގެން އިއްޔެ ބޭއްވި ކާބޯތަކެތި އަދި “އޭތިމީތި” މައުރަޒުން ބައިލައްކައެއްހާ ރުފިޔާ ހޯދައިފިއެވެ.

އެ ސްކޫލުގެ އިންފޮމޭޝަން އޮފިސަރ އައިމިނަތު މުހައްމަދު ވިދާޅުވީ އިއްޔެ ބޭއްވި މި މައުރަޒުން 55811.50 ރުފިޔާ ލިބިފައިވާ ކަމަށެވެ. އިއްޔެ މެންދުރު ފަހު ބޭއްވި މި މައުރަޒުގައި ތަފާތު ވައްތަރުގެ ލުއި ކާބޯތަކެއްޗާއި ރާއްޖޭއި ހައްދާ މޭވާ އާއި ތަރުކާރީގެ އިތުރުން އަންނައުނު ވަނީ ވިއްކާފައެވެ.

މި ފައިސާ ހަރަދު ކުރަން ހަމަޖެހިފައިވަނީ ސްކޫލުގެ ކުލާސް ރޫމްތަކުގައި ސްމާޓް ބޯޑް ހަރުކުރުމަށް ކަމަށް ސްކޫލުން މައުލޫމާތު ދެ އެވެ.

ނޯދަން ޑިވިޝަނުގެ ކޮމާންޑަރ ނަސްރުﷲ ޖަލީލު މައުރަޒުގެ ސްޓޯލެއް ހުޅުވައިދެއްވަނީ

ދިހަ ސްޓޯލަކަށް ބަހައިލައިގެން ކުރިއަށް ގެންދިޔަ މި މައުރަޒުގެ ސްޓޯލުތައް ހުޅުވައިދެއްވީ ކުޅުދުއްފުށީގެ ސަރުކާރު މުވައްސަސާތަކުގެ އިސްވެރިންނެވެ.

ކޮންމެ އަހަރަކުވެސް ސްކޫލްތަކުގެ ބަޖެޓަށް ފައިސާ ހޯދާ ސްކޫލްތަކުގެ ތަރައްގީއަށް ބެލެނިވެރިން އެކިއެކި ފަންޑް ރައިޒިން އިވެންޓްތައް ބާއްވައެވެ.

[yass cats=170]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355