twitterviber whatsapp telegramfacebookyoutube instagram
1st June 2026

ހއ އަތޮޅު ގުރުއާން މުބާރާތުގައި 11 ރަށަކުން ބައިވެރިވެއްޖެ

Mar 15, 2015

ހއ އަތޮޅު ކައުންސިލުން އިންތިޒާމްކުރާ ހއ އަތޮޅު ގުރުއާން މުބާރަތުގައި މިއަހަރު 11 ރަށަކުން ބައިވެރިވެއްޖެ އެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން އެ ކައުންސިލުގެ ޑިރެކްޓަރ އަބުދުﷲ ޝަފީގު ވިދާޅުވީ ތުރާކުނު، އުލިގަމް އަދި ތަކަންދޫ ފިޔަވާ އަތޮޅުގެ އެހެން ހުރިހާ ރަށަކުން މުބާރާތުގައި ބައިވެރިވެފައިވާ ކަމަށެވެ. އަބުދުﷲ ވިދާޅުވީ މުބާރާތުގައި ބައިވެރިވެފައިވާ ދަރިވަރުންގެ އަދަދު އަދި ނޭނގޭ ކަމަށާއި ދަރިވަރުންގެ ލިސްޓްތައް ކައުންސިލަށް އަދި ލިބިފައިނުވާ ކަމަށެވެ.

މި އަހަރު މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ އޭޕްރިލް މަހު 2 ން 4 ކަށް ހއ ކެލާ ގައެވެ.

މި މުބާރާތުގައި ބައިވެރިވެފައިވާ ރަށްތަކަކީ އަތޮޅުގެ ވެރި ރަށް ދިއްދޫ، ހޯރަފުށި، އިހަވަންދޫ، އުތީމް، ކެލާ، މާރަންދޫ، ބާރަށް، މުރައިދޫ، ފިއްލަދޫ، ވަށަފަރު އަދި މޮޅަދޫ އެވެ.

މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ގަދަ ފަނަރަ ދަރިވަރުން ހޮވައި އެދަރިވަރުންނަށް ގައުމީ ގުރުއާން މުބާރާތުގައި އަތޮޅު ތަމްސީލުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355