twitterviber whatsapp telegramfacebookyoutube instagram
11th May 2024

60 ދަރިވަރުންނާ އެކު ގާރީ ކޯސް 2 ކުޅުދުއްފުށީގައި ފަށައިފި

Mar 16, 2015

ގުރުއާނާ ބެހޭ މަރުކަޒާއި ކުޅުދުއްފުށީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގާރީ ކޯސް 2 އިއްޔެ ފަށައިފި އެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން ކައުންސިލުން ވިދާޅުވީ ކޯހަށް ދަރިވަރުން ހޮވާފައިވަނީ ކޯހުގައި ބައިވެރުވުމަށް ފޯމް ހުށައެޅި 94 ދަރިވަރުންގެ ތެރެއިން ގާރީ ކޯސް 1ން އެންމެ މަތިން ފާސްވެފައިވާ 60 ދަރިވަރުން ކަމަށެވެ.

މި ކޯހަކީ 4 މަސްދުވަހުގެ ކޯހެއްކަމަށާއި ކިޔަވައިދެއްވުމަށް ހަމަޖެހިފައިވަނީ 2 ކުލާހަކަށް ބަހާލައިގެން ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

މި ކޯހުގައިވެސް ކިޔަވައި ދެއްވުމަށް ހަމަޖެހިފައިވަނީ ގާރީ ކޯސް 1 ގައި ކިޔަވާދެއްވި މުހައްމަދު އާދަމް ހުރާ އެވެ.

މިދިޔަ އަހަރު ބޭއްވި ގާރީ ކޯސް 1 ގައި ވަނީ ޖުމްލަ 109 ދަރިވަރަކު ބައިވެރިވެ 104 ދަރިވަރުން ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355