twitterviber whatsapp telegramfacebookyoutube instagram
11th May 2024

ވިޔަފާރިވެރިން ބިނާކުރުމަށް އުތުރުގެ 3 ރަށެއްގައި ޓްރެއިނިން ޕްރޮގުރާމްތަކެއް ކުރިއަށްގެންގޮސްފި

Mar 16, 2015

ހދ ކުޅުދުއްފުށީ ބިޒްނަސް ޑިވެލޮޕްމަންޓް ސާރވިސް ސެންޓަރު (ބީޑީއެސްސީ)ގެ ފަރާތުން ވިޔަފާރިވެރިން ބިނާކުރުމަށް އުތުރުގެ 3 ރަށެއްގައި ބިޒްނަސް ސްޓާރޓްއަޕް ޓުރެއިނިން ޕްރޮގްރާމްތަކެއް ކުރިއަށްގެންގޮސްފި އެވެ.

ށ.ފޯކައިދޫ އާއި ށ.ފޭދޫ އަދި ހދ.ނޮޅިވަރަމް ކުރިއަށް ގެންދިޔަ މި ސްޓާރޓް އަޕް ޕްރޮގްރާމުގައި ޖުމްލަ 17 ފަރާތެއް ބައިވެރިވެފަވެ އެވެ. މި މާރިޗް މަހު 1 ން 14 އަށް ކޮންމެ ރަށެއްގައި ވެސް 2 ދުވަހުގެ މުއްދަތައް މި ކުލާސްތައް ކުރިއަށް ގެންދިޔަ އެވެ.

މި ޓްރެއިނިން އަމާޒު ކުރެވިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ވެރިންނާއި، އަލަށް ވިޔަފާރި ފަށްޓަވަން ބޭނުންފުޅުވާ ފަރާތްތަކާއި، ވިޔަފާރީގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށެވެ.

އެގޮތުން މި ޓްރޭނިންގައި ކިޔަވައިދީފައިވަނީ ، ވިޔަފާރީ އޯރގަނައިޒް ކުރާނެގޮތާއި، ވިޔަފާރީއަށް ފައިސާހޯދުމާއި، ފައިސާ އާއި ހިސާބު ބެލެހެއްޓުމާއި، އިންސާނީ ވަސީލަތް، މާކެޓްކުރުމާއި ވިއްކުން އަދި މައްސަލަތައް ދެނެގަތުމާއި ހައްލުކުރުމާއި ބެހޭގޮތުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355