twitterviber whatsapp telegramfacebookyoutube instagram
12th May 2024

ޖެހުނު ސްޓްރޯކާއެކު އުމަރުބެ އެހީތެރިކަމަށް ބޭނުންޖެހިފައި

Mar 16, 2015

ހދ ކުރިނބީ ކަށިމާގެ އުމަރު ހުސެއިން (ދިއްދޫ އުމަރުބެ) އަށް މިމަހުގެ ކުރީކޮޅު ޖެހުނު ސްޓްރޯކެއްގެ ސަބަބުން އޭނާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

އުމަރުބޭގެ ހާލު ބޮޑުވެ ހޮސްޕިޓަލަށް ކުރަންޖެހޭ ހަރަދުތައް ބޮޑުވެ އާއިލާއަށް އެ ހަރަދުތައް އުފުލުމަށް ނުކުޅެދިފައިވާއިރު އެ އާއިލާއިން މި ނޫހަށް މައުލޫމާތު ދިން ފަރާތަކުން ބުނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫއަކީ އާސަންދަ ކަވަރކުރާ ތަނަކަށް ނުވުމުން ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އަދި ދުވާލެއްގެ މައްޗަށް އެތައް ރުފިޔާއެއް ހޮސްޕިޓަލަށް ހަރަދުކުރަންޖެހޭ ކަމަށާއި މިހާތަނަށް ހޮސްޕިޓަލްގެ ބިލްތަކަށް 86468 ރުފިޔާ އަރާފައިވާ ކަމަށް އާއިލާއިން ބުނެ އެވެ.

އުމަރުބެ އަށް އައިސީޔޫގައި ފަރުވާދޭތާ މިއަދަށް 6 ދުވަސްވެފައިވާއިރު އުމަރުބޭގެ ހާލަތު ރަނގަޅުވަމުން ނުދާ ކަމަށްވެސް އާއިލާއިން ބުނެ އެވެ.

އާއިލާއިން ބުނީ އެހީއަށް އެދި ސަރުކާރާއި އަމިއްލަ ތަންތަނަށް ސިޓީ ލާފައިވާނެ ކަމަށާއި ނަމަވެސް އެންސްޕާއިން ފިޔަވައި އެހެން އެއްވެސް ތަނަކުން ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. އުމަރުބޭގެ އާއިލާއިން ބުނީ އެންސްޕާއިން ވެސް ބުނީ އޭޑީކޭގައި ކުރާ ހަރަދަށް އެންސްޕާއިން އެހީނުލިބޭނެކަމަެވެ،

އުމަރުބެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 7939497 / 9140506 އަށް ގުޅުމަށް އާއިލާގެ ފަރާތުން އެދެއެވެ. އެހީތެރިވާން ބޭނުންފަރާތްތަކުން އާއިލާގެ ފަރާތުން ހުޅުވާފައިވާ އެކައުންޓަށް (އެކައުންޓް ނަންބަރ: 7704264518101) ފައިސާ ހަދިޔާ ކުރުމަށްވެސް އާއިލާގެ ފަރާތުން އެދެއެވެ.

އުމަރުބޭގެ އާއިލާއިން އެދެނީ ވީހާވެސް ގިނަ ފަރާތަކުން އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. “ކުޅުދުއްފުށި އޮންލައިން”ގެ އުއްމީދަކީވެސް އެމީހަކަށް ވެވުނު ވަރަކުން އުމަރުބެއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355