twitterviber whatsapp telegramfacebookyoutube instagram
16th May 2025

އާދަމް އިސްމާއީލް ލީގުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Mar 17, 2015

އާދަމް އިސްމާއީލް ލީގުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހދ. ކުޅުދުއްފުށީ ދެބުދާރުގޭ އާދަމް އިސްމާއީލް  ގެ ޝަރަފުގައި ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލީ 26 މާރިޗުވާ ބުރާސްފަތި ދުވަހުގެ 22:00 ގެ ނިޔަލަށެވެ.

އެއް އަހަރުގެ މެދު ކެނޑުމަކަށްފަހު މި އަހަރު މި މުބާރާތް އަލުން ބޭއްވުމަށް ހަމަޖެހިފައިވާއިރު މި އަހަރުގެ މުބާރާތުގައި ކުޅުމުގެ ފުރުސަތު ވަނީ މުޅި އަތޮޅަށް ހުޅުވާލައިފަ އެވެ. 2013 ވަނަ އަހަރު ބޭއްވުނު ލީގުގައި ޖުމްލަ 6 ޓީމަކުން ވާދަކުރިއިރު ޗެމްޕިއަންކަން ހޯދީ ޓީމް ކޮރަލްސް އެވެ.

10 އޭޕްރިލް 2015 ގައި މުބާރާތް ފެށުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ޤަވާއިދު އަދި މުބާރާތުގައި ބައިވެރިވުމުގެ ފޯމް އާދަމް އިސްމާއީލް ފޭސްބުކް ޕޭޖުން ލިބިލައްވާނެ އެވެ.

މި އަހަރުގެ މުބާރާތަށް ކުޅުދުއްފުށީގެ ތިން ދަނޑެއްގައި މިހާރު ޕްރެކްޓިސް ކުރެވެމުންދާކަން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355