ޖީއެސްއެމްއޭއިން މޯބައިލް އިންޑަސްޓްރީއިން ކަސްޓަމަރުންނަށާއި ކުއްލިހާލަތްތަކުގައި ހަރަކާތްތެރިވާ މީހުންނަށް އެއްބާރުލުން ދިނުމުގެ ގޮތުން ހިއުމަނަޓޭރިއަން ކަނެކްޓިވިޓީ ޗާޓަރ ތައާރަފްކޮށްފިއެވެ.
މިޗާޓަރ މެދުވެރިކޮށް މޯބައިލް އޮޕަރޭޓަރުން އިންސާނިއްޔަތަށް މަސައްކަތްކުރުމުގައި ކަނޑައެޅިފައިވާ ކަންތައްތަކަށް އަމަލުކުރަން އެއްބަސްވެ އެކުގައި އަމަލުކުރަންފަށާނެއެވެ.
އުރީދޫއިން ބުނީ މީގެ މަގްސަދަކީ އިތުރަށް ގުޅިގެން ގުދުރަތީ ކާރިސާތަކުގައި މަސައްކަތްކުރުމެވެ. މިޗާޓަރއަށް ގުޅުނު ފުރަތަމަ ކުންފުނިތަކަކީ 52 ގައުމެއްގައި އެއް ބިލިއަނަށްވުރެ ގިނަ ކަސްޓަމަރުންނަށް ހިދުމަތްދެމުންދާ އެސިއަޓަރ، އެޓިސަލަޓް، އުރީދޫ އަދި ސްމާޓް ކޮމިއުނިކޭޝަންއެވެ.
އުރީދޫ މޯލްޑިވްސްއިން ވަނީ ކާރިސާތަކުގައި މޯބައިލް ހިދުމަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަލިފާނުގެ ހާދިސާއެއްގެ ސަބަބުން މާލޭގެ ފެންޕްލާންޓްގެ ހިދުމަތް މެދުކެނޑުމާއިއެކު ގިނަ ބަޔަކަށް ބޯފެން ލިބުމުގައި ދަތިކަން ކުރިމަތިވެފައިވަނިކޮށް އެކުންފުނިންވަނީ މޯބައިލް ފޯނު މެދުވެރިކޮށް ފެން ޔުނިޓްތައް ޓްރެކް ކުރެވޭނެ ހިދުމަތެއް ފޯރުކޮށްދީފައެވެ.