twitterviber whatsapp telegramfacebookyoutube instagram
12th August 2026

151 ދަރިވަރުންނާ އެކު ށ. އަތޮޅު ގުރުއާން މުބާރާތް ފަށައިފި

Mar 19, 2015

ށ އަތޮޅުގެ 8 ވަނަ އަތޮޅު ގުރުއާން މުބާރާތް މިއަދު ގޮއެދޫގައި ފަށައިފި އެވެ.

އަތޮޅު ގުރުއާން މުބާރަތުގެ ކޯޑިނޭޓަރ އާތިފް ވިދާޅުވީ ށ.އަތޮޅު ގުރުއާން މުބާރާތުގައި މިއަހަރު ޖުމްލަ 13 ރަށަކުން 151 ދަރިވަރަން ވާދަކުރާކަމަށެވެ.

ބަލައިގެން ކިޔެވުމުގެ ގޮފިން 97 ދަރިވަރަކު އަދި ނުބަލާކިޔެވުމުގެ ގޮފިން 54 ދަރިވަރަކު ބައިވެރިވެފައިވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހު 19 ން 21 އަށެވެ.

މިމުބާރާތަކީ ދިވެހިރާއްޖޭގެ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި އަތޮޅު ތަމްސީލު ކުރާނެ ދަރިވަރުން ހޮވުމަށް ބާއްވާ މުބާރާތެކެވެ. އެގޮތުން މިމުބާރާތުން ހޮވާލެވޭ އެންމެ މޮޅު 15 ދަރިވަރަކު މިއަހަރު އޮންނަ ރާއްޖޭގެ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

3 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މިމުބާރަތުގެ ނަތީޖާ ފާޅުކުރުމަށް ހަމަޖެހިފައިވަނީ 21 ވަނަދުވަހުގެ ރޭގަނޑު އެވެ.

މި މުބާރާތުގައި ށ. އަތޮޅުގެ ނޫމާރާ ފިޔަވާ އެހެން ހުރިހާ ރަށަކުން ވަނީ ބައިވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355