twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޓޫރިޒަމް ބޮއިކޮޓް ކުރަނީ އެމްޑީޕީ އަކުން ނޫން ޕީޕީއެމް އިން: ގަފޫރު

Mar 21, 2015

ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަނީ އެމްޑީޕީ އަކުން ނޫން ކަމަށާއި އެކަން ކުރަނީ ޕީޕީއެމް އިން ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު އަބުދުލް ގަފޫރު ވިދާޅުވެއްޖެ އެވެ.

ރޭ އެމްޑީޕީއިން އަނިޔާވެރިކަމާ ދެކޮޅަށް ކަމަށް ބުނެ ބޭއްވި ހިނގާލުމުގައި ވާހަކަ ދައްކަވަމުން މެންބަރު ގަފޫރު ވިދާޅުވީ ރާއްޖެއަށް ޓޫރިސްޓުން އައުން މަދުވެފައިވަނީ ގަނޫނާ ހިލާފަށް ޝަރީއަތްކޮށް ރައީސް ނަޝީދު ޖަލުގައި ހައްޔަރުކޮށްފައިވާތީ ކަމަށެވެ. އަދި އެއީ އެމްޑީޕީއިން ކުރި ކަމެއް ނޫން ކަމަށާއި އެއީ ޕީޕީއެމްއިން ކުރި ކަމެއް ކަމަށެވެ.

މެންބަރ ގަފޫރު ވިދާޅުވީ ބޭރުގެ ފަރާތްތަކަކީ އެމްޑީޕީ ބައެއް ނުވަތަ އެމްޑީޕީއަށް ސަޕޯޓްކުރާ ބައެއް ނޫން ކަމަށާއި އެއީ ސިޔާސީ ފިކުރުތަކުން އެއްކިބާވެ ތިބެ ދުނިޔޭގައި ހިނގާ އުސޫލުތަކާއި ހަމަތައް ރަނގަޅަށް އެނގޭ މީހުން ކަމަށެވެ. އެ ފަރާތްތަކުން މިއަދު އެ ބުނަމުން ދަނީ ރާއްޖޭގައި މިހާރު މި ހިނގާ ކަންތައްތަކަކީ ދުނިޔެ ގަބޫލުކުރާނެ ކަންތައްތަކެއް ނޫން ކަމަށް ގަފޫރު ވިދާޅުވި އެވެ.

ސަރުކާރުގެ އަނިޔާވެރިކަމުގެ ސަބަބުން ޓޫރިސްޓުން ރާއްޖެ ނާންނަނީ ކަމަށް ގަފޫރު ވިދާޅުވިއިރު ގަފޫރު ވަނީ މި ސަރުކާރު ބަދަލުކުރަންޖެހޭ ކަމަށާއި އެކަން ދޫކޮށްލައިގެން ތިބެވެން ނެތް ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރު ބަދަލުކުރާނީ ރައްޔިތުން މަޖިލިސް ތެރެއިން މެޖޯރިޓީ ހޯދައިގެން ކަމަށް މެންބަރ ވިދާޅުވިއެވެ.

މެންބަރ ގަފޫރު ވިދާޅުވީ ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލާފައިވަނީ އަނިޔާއިން ކަމަށާއި އެއީ މުޅި ދުނިޔެވެސް އެކަން ގަބޫލުކުރާ ގޮތް ކަމަށެވެ. އަދި ރާއްޖޭގެ ޝަރުއީ ނިޒާމަކީ ރައްޔިތުން ބޭނުންވާ ގޮތަށް ހިންގަންޖެހޭ ތަނެއް ކަމަށްވެސް ގަފޫރު ވިދާޅުވިއެވެ.

ކޮންމެ ފަރާތަކުން، ކޮންމެ މުއައްސަސާއަކުން ކުރި ނަމަވެސް ގާނޫނާ ހިލާފު ކޮންމެ ކަމެއް ވަނީ އަނިޔާއަށް ކަމަށް ގަފޫރު ވިދާޅުވިއެވެ. އެމްޑީޕީއިން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔޮތުންގެ ހައްގު ކަމަށާއި އެ ނޫން ގޮތަކަށް އެމްޑީޕީއިން މަސައްކަތް ކޮށްފައިވެސް ނުވާނެ ކަމަށް މެންބަރ ވިދާޅުވިއެވެ.

ސަރުކާރުން އިންސާފާ އެއްގޮތަށް ކަންތައްތައް ކުރުމަށް ގަފޫރު ގޮވާލެއްވިއިރު މެންބަރ ވަނީ ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވާލައްވާ ރައީސް ނަޝީދު ދޫކޮށްލެވުމަށް ގޮވާލާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355