twitterviber whatsapp telegramfacebookyoutube instagram
16th May 2025

ކުޅުދުއްފުށީގައި އަޅާ މަސްމާރުކޭޓްގެ މަސައްކަތް އެޕްރީލް މަހު ފަށަނީ

Mar 22, 2015

ކުޅުދުއްފުށީ ކައުންސިލުން ކުޅުދުއްފުށީ އުތުރުކޮޅުގައި އަޅަން ނިންމާފައިވާ ވަގުތީ މަސްމާރުކޭޓްގެ އަމަލީ މަސައްކަތް އެޕްރީލް މަހުގެ މެެދެއްހާ ހިސާބުގައި ފެށޭވަރުވާނެކަމަށް ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމަތު ދެއްވަމުން އަލީ މުހައްމަދު ވިދާޅުވީ ރޯދަމަސް އަންނަން ވާއިރަށް މަސްމާރުކޭޓްގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ކުރެހުމާއި ލިޔެކިއުމުގެ މަސައްކަތް ކަމަށާއި މި މަސައްކަތް މި ހަފްތާ ތެރޭ ނިންމާލަައި ބިޑަށް ހުށައެޅުމަށް އިއުލާން ކުރެވޭވަރު ވަރުވާނެ ކަމަށްވެސް އަލީ މުހައްމަދު ވިދާޅުވި އެވެ.

އޭގެ އިތުރުން އަލީ މުހައްމަދު ވިދާޅުވީ މަސްމާރުކޭޓް އަޅާނީ މިހާރުވެސް މަސްވެރިންނަށް ހާއްސަކުރެވިފައިވާ ސަރަހައްދުގައި ކަމަށާއި މިއީ ވަގުތީ މަސްމާރުކޭޓެއް ނަމަވެސް މަސްމާރުކޭޓް އެޅުމަށް ހަމަޖެހިފައިވަނީ ރީތިކޮށް މުށިޖަހާ މަސްކެޑުމަށް ފަސޭހަވާނެހެން ފެން އިސްކުރު ހަރުކޮށްގެން ކަމަށެެވެ.

މަސްމާރުކޭޓް އެޅުމަށް އަދި ހަމަޖެހިފައިވަނީ 80 ފޫޓް 20 ފޫޓް ބޮޑުމިނުގައި ނަމަވެސް މި ސައިޒަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް އަލީ މުހައްމަދު ވިދާޅުވި އެވެ.

ރައްޔިތުންގެ މާލިއްޔާއިން ހަރަދުކޮށްގެން އެޅުމަށް ހަމަޖެހިފައިވަ މިމަސްމާރުކޭޓަށް ގާތްގަނޑަކަށް 3 ލައްކަ އާއި 4 ލައްކާއިގެ ރުފިޔާގެ އަދަދެއް ހަރަދުވެގެން ދާނެކަމަށް އަލީ މުހައްމަދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355