twitterviber whatsapp telegramfacebookyoutube instagram
1st June 2026

ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަކުރުމަށް އިހަވަންދޫގައި ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

Mar 22, 2015

ދުނިޔޭގެ ފެނުގެ ދުވަސް އިހަވަންދޫގައި ފާހަގަކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމެންޓާއި އިހަވަންދޫ މަދަރުސާއާއި އިހަވަންދޫ ކައުންސިލް ގުޅިގެން ކުޑަކުދިންގެ ހަވީރެއް މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވިދާޅުވެއްޖެއެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން މުހައްމަދު އާސިފް ވިދާޅުވީ މިއަދު ހަވީރު 4 ޖަހާއިރު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ދުވަހާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ހަރަކާތް އެކަނި ކަމަށެވެ.

މި ދުވަހާ ގުޅުވައިގެން އިހަވަންދޫގައި ސާފު ބޯފެން ފޯރުކޮށްދިނުމަށްޓަކައި ބަހައްޓާފައިވާ ފެނުގެ ނިޒާމު އިފްތިތާހު ކުރުމަށް ކުރިން ނިންމާފައިވީނަމަވެސް މިހާރު އެހަރަކާތް މަޑުޖެހިފައިވާ ކަމަށް އާސިފް ވިދާޅުވިއެވެ.

އިހަވަންދޫގައި ރަސްމީކޮށް ފެނުގެ ދުވަސް ފާހަގަކުރާއިރު އިހަވަންދޫ ވަނީ މިއަދަށް ވަރަށް ބޮޑަށް ތައްޔާރުވެފާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އިހަވަންދޫގައި ހުރި ސަރުކާރު މުވައްސަސާތަކާއި އަދި ބަނދަރާއި ރަށުގެ ބޮޑެތި މަގުތަށް ވަނީ ޤައުމީ ދިދަ އާއި ދިދަފަތިން ޒީނަތްތެރި ކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ ދުވަހުގެ ހަރަކާތް ސަރަފުވެރިކޮށް ދިނުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ހާނިމް އިހަވަންދޫ އަށް ވަޑައިގަންނަވާފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355