twitterviber whatsapp telegramfacebookyoutube instagram
1st June 2026

ކުމުންދޫއަށް އިންސާނެއްގެ ހަށިގަނޑުގެ ބައެއް ލައްގައިފި

Mar 25, 2015

ހދ ކުމުންދޫއަށް އިންސާނެއްގެ ހަށިގަނޑުގެ ބައެއް ލައްގައިފިއެވެ.

ކުމުންދޫ ކައުންސިލްގެ މެންބަރު އަލީ އަންވަރު މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ހެނދުނު 10 ޖަހާކަށްހާއިރު ކުމުންދޫގެ އުތުރު ފަރާތަށް ލައްގާފައިވަނީ އިންސާނެއްގެ ކަކުލާއި އުނަގަނޑާ ދެމެދުގެ ބައެއް ކަމަށެވެ.

ކައުންސިލް މެންބަރު ވިދާޅުވީ ލައްގާފައިވާ އިންސާނާގެ ހަށިގަނޑުގެ ބައި ވަނީ ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފާ ކަމަށެވެ. އަދި ލެއްގި ބައިގައި ހަންގަނޑު ވެސް އޮތް ކަމަށެވެ.

އަލީ ވިދާޅުވީ އާންމު ފަރާތަކުން ކައުންސިލަށް އެކަން އެންގުމުން ފުލުހުންނަށް އެކަން އަންގާފައިވާ ކަމަށެވެ. އަދި މިހާރު ފުލުހުން އެކަން ބަލަމުންދާ ކަމަށްވެސް އަލީ އަންވަރު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355