twitterviber whatsapp telegramfacebookyoutube instagram
1st June 2026

ދަތުރު ގޮސްގެން އުޅުނު ކުޅުދުއްފުށީ ކުއްޖެއް ގެނބިގެން މަރުވެއްޖެ

Mar 25, 2015

އާއިލާއާއެކު ހދ ކުނބުރުދޫއަށް ދަތުރު ގޮސް އުޅުނު ކުޅުދުއްފުށީ ކުއްޖެއް މޫދަށް ގެނބިގެން މަރުވެއްޖެއެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގެނބިގެން މަރުވެފައިވަނީ ކުޅުދުއްފުށީ ސަނދުބަރަކާގޭ ފުއާދު އަލީ (13އ) އެވެ.

އޭނާ މަރުވެފައިވަނީ ކުޅުދުއްފުށީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ދާދި ދެންމެއަކު އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޑޮކްޓަރ އިންޗާޖް ޑރ ރާއޯ މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުއާދު ގެނބިފައިވަނީ މިއަދު 11:05 ހާއިރު ކަމަށާއި ކުޅުދުއްފުށި ހޮސްޕިޓަލްއަށް ގެނެސްފައިވަނީ 12:05 ގަ ކަމަށެވެ.

ރާއޯ ވިދާޅުވީ ހޮސްޕިޓަލަށް ގެނެވުނުއިރުވެސް ފުއާދު ވިންދު ހުއްޓިފައިވާ ކަމަށާއި ހިތު ހަރަކާތްވެސް ނެތް ކަމަށެވެ. ނަމަވެސް އޮކްސިޖަން ގުޅާ ފުއާދަށް ފަރުވާ ދިން ކަމަށްވެސް ރާއޯ ވިދާޅުވިއެވެ.

ރާއޯ ވިދާޅުވީ ފުއާދު މަރުވެފައިވާކަމަށް ނިންމީ 12:25 ހާއިރު ކަމަށެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުން ފުއާދު އިސްކޮޅު ޖެހޭ ހިސާބުގައި ހުއްޓާ އޭނާއަށް ގޮތެއްވެ ވެއްޓުނީ ކަމަށެވެ. އަދި ފުއާދު އެކީ ދަތުރު ގޮސްއުޅުނު މީހުން އޭނާއަށް ފަސްޓްއެއިޑްވެސް ފޯރުކޮށްދިން ކަމަށް މި ނޫހަށް ވަނީ އެނގިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355