twitterviber whatsapp telegramfacebookyoutube instagram
6th November 2025

ފުއާދު ހޮސްޕިޓަލަށް ގެނައި އިރުވެސް ވަނީ މަރުވެފަ

Mar 25, 2015

ހދ ކުނބުރުދޫއަށް މިއަދު ދަތުރު ގޮސްގެން އުޅެނިކޮށް މަރުވި ފުއާދު ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ހޮސްޕިޓަލުން ސީނިއާރ އޮފިޝަލަކު ވިދާޅުވީ ފުއާދު ހޮސްޕިޓަލަށް ގެނެވުނުއިރުވެސް މަރުވެފައިވާ ކަމަށެވެ.

“އޭނާ ހޮސްފިޓަލަށް ގެނައި އިރު ހަރަކާތް ވަނީ ހުއްޓިފަ” ޑޮކްޓަރުންނާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން ޑރ ރާއޯ ވިދާޅުވެފައިވަނީ ހޮސްޕިޓަލަށް ގެނެވުނުއިރުވެސް ފުއާދު ވިންދު ހުއްޓި، ހިތުގެ ހަރަކާތްވެސް ނެތް ކަމަށެވެ.

ރާއޯ ވިދާޅުވީ ހަރަކާތް ހުއްޓީފައިވީ ނަމަވެސް އޮކްސިޖަން ގުޅާ ފުއާދަށް ފަރުވާ ދެވިފައިވާ ކަމަށެވެ. އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ނިންމާފައިވަނީ 12:25 ހާއިރު އެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުން ފުއާދު ވެއްޓުނީ އިސްކޮޅު ޖެހޭ ހިސާބުގައި ހުއްޓާ އޭނާއަށް ގޮތެއްވެގެނެވެ. އަދި ހޮސްޕިޓަލަށް ގެނައުމުގެ ކުރިން ފުއާދު އެކީ ދަތުރު ގޮސްއުޅުނު މީހުން އޭނާއަށް ފަސްޓްއެއިޑް ފޯރުކޮށްދިން ކަމަށްވެސް މި ނޫހަށް ވަނީ އެނގިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355