twitterviber whatsapp telegramfacebookyoutube instagram
1st June 2026

ގުރުއާން މުބާރާތަށް ނޮޅިވަރަންފަރު ތައްޔާރު ވަނީ

Mar 26, 2015

ހދ އަތޮޅު ގުރުއާން މުބާރާތަށް ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ވަމުން ކަަމަށް ނޮޅިވަރަމްފަރު ކައުންސިލުން ބުނެފި އެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ހަސަން ތައުފީގް ވިދާޅުވީ ގުރުއާން މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ނޮޅިވަރަންފަރު ސްކޫލް ދަނީ އެކަމަށް ތައްޔާރު ކުރެވެމުން ކަމަށެވެ.

އެ ގޮތުން ދަރިވަރުންނާއި ބެލެނިވެރިން ތިބުމާއި ކެއުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވާކަމަށާއި އަދި ތިބުމާއި ކެއުމުގެ ހުރިހާ ހަރަދެއް ހަމަޖައްސާފައިވަނީ ނޮޅިވަރަންފަރު ކައުންސިލާއި އަތޮޅު ކައުންސިލުން ކަމަށްވެސް ތައުފީގް ވިދާޅުވި އެވެ.

ގުރުއާން މުބާރާތައް އެރަށައް ދިއުމަށް ހަމަޖެހިފައިވާ ދަރިވަރުނާއި ބެލެނިވެރިން ނޮޅިވަރަމްފަރަށް ދިއުމަށް ހަމަޖެހިފައިވަނީ ފެރީ ނިޒާމުގެ ތެރެއިން ކަމަށްވާތީ އޭޕްރިލް 2 އަދި 5 ވަނަ ދުވަހު އަތޮޅު ކައުންސިލުންވަނީ ފެރީ ރޫޓީން ނޯންނާނެކަން އިއުލާން ކޮށްފަ އެވެ.

މި އަހަރުގެ މުބާރާތުގައި ޖުމްލަ 11 ރަށަކުން ވަނީ ބައިވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355