މަދީނާގެ އަލްމަސްޖިދުލް ނަބަވީގެ މުއައްޛިން ( ބަންގި ގޮވާ ބޭފުޅާ ) އައްޝައިޚް އިޔާދު ބިން އަހުމަދު ބިން އައްބާސް ޝުކްރީގެ ހާއްސަ ދަރުހެއް ށ. ފުނަދޫގައި ދެއްވައިފި އެވެ.
ޖަމްއިއްޔަތުއް ސަލަފުން ށ. އަތޮޅުގައި މިހާރު ކުރިއަށްގެންދާ “ރިޙްލާ” ގެ ޕްރޮގުރާމްގެ ތެރެއިން ރޭ ދެއްވި ހާއްސަ މި ދަރުސްގައި ޑރ އިޔާދު ވާހަކަފުޅު ދައްކަވާފައިވަނީ ” މާޔޫސް ނުވާށޭ” މިމައުޞޫގެ މައްޗަށެވެ.
ޑރ. އިޔާޒުގެ ދަރުސް އަޑުއެއްސެވުމަށް ގިނަ ބަޔަކު ވަނީ ރޭ ދަރުހަށް ހާޒިރުވެފަ–
ދީނީ ގޮތުނާއި އިޖުތިމާއީ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ މަގުސަދުގައި ޖަމްއިއްޔަތުއް ސަލަފުން ކުރިއަށްގެންދާ “ރިޙްލާ” ޕުރޮގްރާމުގައި ށ. އަތޮޅުގެ ހުރިހާ ރަށެއްގައި ވަނީ ގިނަ ހަރަކާތަކެއް ކުރިއަށްގެންގޮސްފަ އެވެ.
މަޝްހޫރު ގިނަ ދީނީ އިލްމުވެރިންތަކެއް ބައިވެރިވަޑައިގަންނަވާ މި ޕްރޮގުރާމުގައި ގުރުއާން ވޯކް ޝޮޕްތަކާއި އަގީދާ ވޯކް ޝޮޕްތަކާއި އިންޖީން މަރަމާތުކުރުމުގެ ވޯކް ޝޮޕްތައް ކުރިއަށްގެންގޮސްފައިވެ އެވެ. ސްކޫލުތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ހާއްސަ ދީނީ ދަރުސްތަކެއް ކުރިއަށްގެންގޮސްފަވެ އެވެ.
ޖަމްއިޔަތުއް ސަލަފުން ށ. އަތޮޅުގައި ކުރިއަށްގެންދާ “ރިޙްލާ” ފުރޮގުރާމްގެ ތެރެއިން–
މަދީނާ ޔުނިވަރސިޓީގެ އުސްތާޛެއް ކަމަށްވާ ޑރ. އިޔާދު ބިން އަހުމަދު ބިން އައްބާސް ޝުކްރީގެ އިތުރުން ޝައިހް އަހުމަދު ސަމީރާއި ޝައިހް އަބުދުﷲ ބިން މުހައްމަދާއި ޝައިހް އަލީ ޒާހިރާއި ޝައިހް މުހައްމަދު ތޮއްޔިބާއި ޝައިހް މުހައްމަދު ޝަމްއޫނާއި ޝައިހް މުޖުތަބާ ހަމީދާއި ޝައިހް އާސިފް މޫސާއާއި ޝައިހް މުހައްމަދު ސިނާނާއި ޝައިހް އަހުމަދު ސަލީމާއި ޝައިހް ހުސެއިން އަބުދުﷲއާއި ޝައިހް މުހައްމަދު އަނީލް އަދި ޑރ ޔޫސުފް ޝާންއާއި ޑރ އަހުމަދު ޒިޔާން “ރިޙްލާ” ގައި ބައިވެރިވަޑައިގަނެ އެވެ.