twitterviber whatsapp telegramfacebookyoutube instagram
11th April 2026

ސަބްސިޑީޒް މައްސަލާގައި ވިޔަފާރިވެރިން ކަންބޮޑުވެ، އެއްގަލަކަށް އަރައިފި

Mar 29, 2015

މާރިޗު މަހުން ފެށިގެން ވިޔަފާރިތަކަށް ސަރުކާރުން ދެމުން ދިޔަ ސަބްސިޑީޒް ކަނޑާލުމާ ގުޅިގެން ވިޔަފާރިތަކުގެ ކަރަންޓު ބިލު “އަތްނުފޯރާވަރަށް” ބޮޑުވުމުން ވިޔަފާރިވެރިން ކަންބޮޑުވެއްޖެ އެވެ.

ސަބްސިޑީޒް ކަނޑާލުމުން ވިޔަފާރިތަކުގެ ކަރަންޓު ބިލް ވަނީ 3 ގުނައަށް ބޮޑުވެފަ އެވެ. މީގެ ކުރިން 5000 ރުފިޔާ ކަރަންޓު ބިލަށް އަރާ ވިޔަފާރިތަކަށް މި މަހުގެ ބިލަށް 15000 ރުފިޔާ އަރާފަވެ އެވެ.

މީގެ ކުރިން ކަރަންޓް ބިލަށް 2000 ރުފިޔާ އާއި 3000 ރުފިޔާގެ ދެމެދު އަރާ ވިޔަފާރިތަކަށް މިމަހު ވަނީ 5000 ރުފިޔާ އާއި 6000 ރުފިޔާއަށް ބޮޑުވެފަ އެވެ.

ސަރުކާރާ ވާހަކަ ދައްކައިގެން މިކަމަށް ސުލްހަވެރި މަގެއް ހޯދުމަށް ކުޅުދުއްފުށީގައި ވިޔަފާރިކުރާ ފަރާތްތައް ވަނީ އެއްގަލަކަށް އަރާފަ އެވެ. އަދި އެކަމުގެ ފުރަތަމަ ބައްދަލުވުން ރޭ ވިޔަފާރިވެރިން ވަނީ ބާއްވާފަ އެވެ.

ސަބްސިޑީޒް މައްސަލައިގައި ކުޅުދުއްފުށީގެ ވިޔަފާރިވެރިން ރޭ ވަނީ ބައްދަލުވެ، ދެން އެކަމުގައި ކުރިއަށްދާނެ ގޮތަކާ ބެހޭ ގޮތުން ސައްލާކޮށްފަ އެވެ. 60 ވުރެ ގިނަ ވިޔަފާރިވެރިން ބައިވެރިވި މި ބައްދަލުވުމުގައި ސަރުކާރާ ވާހަކަ ދައްކައިގެން ހައްލުކުރުމަށް ވިޔަފާރިވެރިންގެ ތެރެއިން ކޮމެޓީއެއް ރޭ ވަނީ އުފައްދާފަ އެވެ.

މި ކޮމެޓީގައި ތިއްބަވަނީ ވިޔަފާރިވެރިންގެ ތެރެއިން 11 ފަރާތަކާއި ރަށުކައުންސިލުގެ 2 ބޭފުޅަކާއި އަތޮޅު ކައުންސިލުގެ 2 ބޭފުޅެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355