twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހދ. އަތޮޅުގެ 2 ރަށަކުން ޕޮލިސް ރިޕޯޓް ދޫކުރަން ފަށައިފި

Mar 30, 2015

ހދ އަތޮޅުގެ އިތުރު 2 ރަށެއްގައި އިއްޔެ ޕޮލިސް ރިޕޯޓް ދޫކުރަން ފަށައިފި އެވެ.

ޕޮލިސް ރިޕޯޓް އިއްޔެ ދޫކުރަން ފެށީ ހދ. ނޮޅިވަރަމްފަރާއި އެއަތޮޅު މަކުނުދޫ ޕޮލިސް ސްޓޭޝަނުން ނެވެ.

މި ހިދުމަތް ފައްޓަވައި ދެއްވީ އެ ދެ ސްޓޭޝަނުގައި އިއްޔެ ވަކިވަކިން ބޭއްވި ރަސްމިއްޔާތުގައި ހދ. އެޓޯލް ކޮމާންޑާރ އަދި ޑިވިޒަން ކޮމާންޑަރުގެ އިތުރުން އެ ރަށްރަށުގެ ރަށު ކައުންސިލްގެ ރައީސުން ވަނީ ބައިވެރިވެފަ އެވެ.

މަކުނުދޫ ކައުންސިލަރު ފުލުހުންނާ ޕްރިންޓަރު ހަވާލުކޮށްދެއްވަނީ–ފޮޓޯ: ޕޮލިސް

މަކުނުދޫ ޕޮލިސް ސްޓޭޝަނަށް ޕްރިންޓަރު ހަދިޔާކޮށްދެއްވީ މަކުނުދޫ ދާއިރާގެ މަޖިލިސް މެމްބަރު އަނާރާ ނައީމެވެ.

މިހާރު ހދ. އަތޮޅުގެ 4 ރަށަކުން ޕޮލިސް ރިޕޯޓް ލިބިގެންދާނެ އެވެ.

މި ރަށްރަށުން މި ހިދުމަތްތައް ލިބެން ފެށުމުން ހާއްސަކޮށް ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންވެފައި ތިބި ޒުވާނުންނަށް ފަސޭހަ ކަމާއި އެކު ޕޮލިސް ރިޕޯޓް ލިބުމުގެ ފުރުސަތު ފަހިވެގެން ދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355