twitterviber whatsapp telegramfacebookyoutube instagram
12th August 2026

ކުރިނބީ ދަނޑުވެރިންނަށް މިހަފްތާތެރޭގައި ދަނޑުބިން ދޫކުރެވޭނެ

Mar 30, 2015

ހދ.ކުރިނބީގެ ދަނޑުވެރިންނަށް ދަނޑުބިން ދޫކުރަން މިހަފްތާތެރޭގައި ފަށާނެ ކަމަށް ކައުންސިލުން ބުނެފި އެވެ.

ކުރިނބީ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ސިޔާހް ” ކުޅުދުއްފުށި އޮންލައިނަށް “ވިދާޅުވީ ދަނޑުވެރިންނަށް ދަނޑުބިން ދޫކުރުން ލަސްވެގެން ދިޔައީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާއިން ހުއްދަ ދިނުން ލަސްވުމުން ކަމަށާއި ހުއްދަ ލިބިފައިވަނީ އިއްުޔެ މެންދުރުފަހު ކަމަށެވެ.

ސިޔާހް ވިދާޅުވީ މިނިސްޓްރީގައި އެދިފައިވާނީ ކޮންމެ ދަނޑިވެރިއަކަށް ވެސް 4000 އަކަ ފޫޓްގެ ބިމަކަށް ނަމަވެސް ހުއްދަ ލިބިފައިވަނީ ކޮންމެ ދަނޑުވެރިއަކަށް 2000 އަކަ ފޫޓްގެ ބިން ދޫކުރުމަށް ކަމަށެވެ.

މިނިސްޓްރީ ހުއްދަ ލިބުމާ ގުޅިގެން މިހާރުވާނީ ދަނޑުވެރިންނާއި ބައްދަލުކޮށް މަޝްވަރާ ކޮށްފަ ކަމަށާއި ދަނޑުވެރިންގެ ޝަކުވާ އަކީ ބިން ކުޑަވުމުގެ މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ.

15 ފަރާތަކުން ދަނޑުބިމަށް އެދި ހުށައަޅާފައިވާ އިރު އެންމެ ފަހުން ކުރިނބީގައި ދަނޑުބިން ދޫކޮށްފައިވަނީ 2010 ވަނަ އަހަރުކަމަށާއި އެ ދަނޑުބިން ތަކަށް މިއަދު މުއްދަތު ހަމަވާއިރު ދެން ދޫކުރުމަށް ހުއްދަ ލިބިފައިވާ 2000 އަކަ ފޫޓްގެ ބިމަކީ މިހާރު ދޫކޮށްފައިވާ ބިންތަކަށްވުރެ ވެސް ކުޑަ ބިމެއްކަން ސިޔާހް ވަނީ ފާހަގަ ކުރައްވާފަ އެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355