twitterviber whatsapp telegramfacebookyoutube instagram
12th August 2026

ޖުވޭރިޔާ ވަޖުދީގެ ކައްކާ ކޯހެއް ކުޅުދުއްފުށީގައި ފަށަނީ

Mar 31, 2015

އިރުމަތި އަވަށު ޕްރީ ސްކޫލާއި މަޝްހޫރު ކެއްކުންތެރިއެއް ކަމަށްވާ ޖުވޭރިޔާ ވަޖުދީއާ ގުޅިގެން އެއް ދުވަހުގެ ކައްކާ ކޯހެއް ކުޅުދުއްފުށީގައި ފެށުމަށް ހަމަޖެހިއްޖެ އެވެ.

މި ކޯހުގައި ޖުމްލަ 100 ވައްތަރުގެ ކާބޯތަކެތި ހަދަން ދަސްކޮށްދޭނެ އެވެ. މި ކޯހުގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ ޖުވޭރިޔާ ވަޖުދީ އެވެ.

އޭޕްރީލް 11 ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގެ ފޯމް ބަލައިގަތުން 29 މާރޗްއިން ފެށިގެން 2 އޭޕްރިލް އަށް އިރުމަތި އަވަށުގައި ޕްރީ ސްކޫލްގައި ކުރިއަށްދާނެ ކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ. ފޯމެއްގެ އަގަކީ 2 ރުފިޔާ އެވެ.

11 އޭޕްރިލް ވާ ހޮނިހިރު ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގެ އަގަކީ 700 ރުފިޔާ އެވެ.

މި ކޯހަކީ އިރުމަތި އަވަށު ޕްރީ ސްކޫލުގެ ޕީޓީއޭ އަށް ފައިސާ ހޯދުމަށް ކުރިއަށްގެންދާ ކޯހެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355