twitterviber whatsapp telegramfacebookyoutube instagram
11th July 2025

ސަބްސިޑީގެ މައްސަލައިގައި ވިޔަފާރިވެރިން އުފައްދާފައިވާ ކޮމެޓީގެ މެންބަރުންނަށް އިންޒާރުގެ މެސެޖެއް

Mar 31, 2015

ވިޔަފާރީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ތަންތަނަށް ސަރުކާރުން ދެމުންގެންދާ ކަރަންޓު ސަބްސިޑީ ކަނޑާލުމާއި ގުޅިގެން އެކަމަށް ހައްލެއް ހޯދުމަށް ކުޅުދުއްފުށީ ވިޔަފާރިވެރިން އުފައްދާފައިވާ ސްޓިއަރިން ކޮމެޓީގެ މެންބަރުންނަށް އިންޒާރުގެ މެސެޖުތަކެއް ފޮނުވައިފިއެވެ.

އެ ކޮމެޓީގެ މެންބަރަކު މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިއްޔެ ލިބުނު މި މެސެޖް ކޮމެޓީގެ 15 މެންބަރުންނަށް ލިބިފައިވާ ކަމަށެވެ.

އުރީދޫގެ ނަންބަރަކުން ފޮނުވި މި މެސެޖް “ކުޅުދުއްފުށި އޮންލައިނާ’ ހިއްސާކޮށްފައިވާއިރު އެ މެސެޖްގައި ވަނީ ކަރަންޓު ސަބްސިޑީ ހޯދުމުގެ ނަމުގައި ރައްޔިތުން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރަށް ޖައްސާ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާ ދޭތެރޭ ނަފުރަތު އުފައްދަން ކުރަމުންގެންދާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލަން އަންގާ އިންޒާރުދީފައެވެ.

ބިދޭސީއެއްގެ ނަމުގައި ނަގާފައިވާ މި ނަންބަރުން ސަރުކާރަށް ޖެއްސުން ނުކުރުމަށް ބުނެ މެސެޖްކޮށްފައިވާއިރު ކުޅުދުއްފުށި ވިޔަފާރިވެރިން އިސްނަގައިގެން ސަބްސިޑީ ކަނޑާލުމާ ގުޅިގެން ކުދި ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ލިބޭނެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ފަށާފައިވަނީ އެއްވެސް ސިޔާސީ މަގުސަދެއްގައި ނޫން ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

މި ސްޓިއަރިން ކޮމެޓީގައި ހދ އަތޮޅު ކައުންސިލްގެ ދެ މެންބަރަކާއި ކުޅުދުއްފުށީ ކައުންސިލްގެ ދެ މެންބަރުންވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355