twitterviber whatsapp telegramfacebookyoutube instagram
12th August 2026

127 ދަރިވަރުންނާއެކު ހދ އަތޮޅު ޤުރުއާން މުބާރާތް ނޮޅިވަރަންފަރުގައި ފަށައިފި

Apr 2, 2015

ހދ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ގުރުއާން މުބާރާތް މިއަދު ނޮޅިވަރަންފަރުގައި ފަށައިފި އެވެ.

ހދ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މިމުބާރާތުގައި އަތޮޅުގެ 11 ރަށެއްގެ 12 ސްކޫލަކުން ޖުމްލަ 127 ދަރިވަރުން ވާދަކުރެ އެވެ.

މިމަހުގެ 02 އިން 04 އަށް ކުރިއަށްދާ މިމުބާރާތުގައި ބަލައިގެން ކިޔަވާ ގޮފިން 87 ދަރިވަރުން ކިޔެވުމަށް ހަމަޖެހިފައިވާ އިރު ނުބަލާ ކިޔަވާ ގޮފިން 43 ދަރިވަރަކު ކިޔެވުމަށް ހަމަޖެހިފަވާ ކަމަށް އަތޮޅު ކައުންސިލުން ހާމަކުރެ އެވެ.

ނޮޅިވަރަންފަރު ސްކޫލުގެ ހޯލްގައި ކުރިއަށްދާ މިމުބާރާތުގައި ބައިވެރިނުވަނީ ފިނެ އާއި ހިރިމަރަދޫ އެކަންޏެވެ.

މިމުބާރާތަކީ ދިވެހިރާއްޖޭގެ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި އަތޮޅު ތަމްސީލު ކުރާނެ ދަރިވަރުން ހޮވުމަށް ބާއްވާ މުބާރާތެކެވެ. އެގޮތުން މިމުބާރާތުން ހޮވާލެވޭ އެންމެ މޮޅު 15 ދަރިވަރަކު މިއަހަރު އޮންނަ ރާއްޖޭގެ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.

ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތަށް ހޮވާ 15 ދަރިވަރުންގެ ތެރޭގައި ހިމެނޭނީ ނުބަލާ ކިޔަވާ ގޮފިން 7 ދަރިވަރުންނާއި ބައިލައިގެން ކިޔަވާ ގޮފިން 8 ދަރިވަރެކެވެ.

މިމުބާރާތަކީ 2011 ވަނަ އަހަރުން ފެށިގެން އަތޮޅު ފެންވަރުގަ ބާއްވަމުން އަންނަ މުބާރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355