މިދިޔަ ގައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ހދ އަތޮޅު ދަރިވަރުން ހޯދި ކާމިޔާބީ މިފަހަރުވެސް ހޯދައި، އެއްވަނަ ތަކުރާރުކުރެއްވުމަށް ހދ އަތޮޅު ކައުންސިލްގެ ރައީސް އާދަމް ނާސިރު ދަރިވަރުން ކިބައިން އެދިއްޖެ އެވެ.
މިދިޔަ އަހަރު ގައުމީ ޤުރުއާން މުބާރާތުން ހދ އަތޮޅު ވަނީ އަތޮޅުތަކުގެ ބައިން އެއްވަނަ ހޯދާފަ އެވެ. ބައިވެރިވި 15 ދަރިވަރުންގެ ތެރެއިން 5 ދަރިވަރަކު ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީ ތަކެއް ވެސް ހޯދާފައެވެ
ޤައުމީ ގުރުއާން މުބާރާތަށް ދަރިވަރުން ހޮވުމަށްޓަކައި، މިއަދު ފެށި ހދ އަތޮޅު ގުރުއާން މުބާރާތް ޝަރަފްވެރިކޮށްދެއްވަމުން ހދ އަތޮޅު ކައުންސިލްގެ ރައީސް އާދަމް ނާސިރު ވިދާޅުވީ މުބާރާތުގެ ހަމައެކަނި މަގުސަދަކީ ގައުމީ ޤުރުއާން މުބާރާތަށް ދަރިވަރުން ފޮނުވުން ނޫން ކަމަށާއި މި މުބާރާތުގެ އެންމެ ކުޑަ މިންވަރެއްގެ ގޮތުގައި ދެކެނީ ފާއިތުވި ގައުމީ ޤުރުއާން މުބާރާތުގެ ނަތީޖާ ތަކުރާރުކުރުން ކަމަށެވެ.
” މި މުބާރާތުގެ ހަމައެކަނި މަގްސަދަކީ ގައުމީ މުބާރާތަށް ކުދިން ފޮނުވުން ކަމުގައި ނުދެކެން. އަޅުގަނޑު މި މުބާރާތުގެ އެންމެ ކުޑަ މިންވަރެއްގެ ގޮތުގައި ދެކެނީ ފާއިތުވި އަހަރު ގައުމީ ޤުރުއާން މުބާރާތުގައި މި އަތޮޅު ހޯދި ނަތީޖާ ތަކުރާރުކުރުން ” ހދ. އަތޮޅު ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.
އާދަމް ނާސިރު ވަނީ މިދިޔަ އަހަރު ގައުމީ ޤުރުއާން މުބާރާތުގައި ދަރިވަރުން ހޯދި ފޮއިންޓަށްވުރެ އިތުރަށް ޕޮއިންޓް ހޯދުމަށް މަސައްކަތް ކުރުމަށް ދަރިވަރުންނަށް ގޮވާލާފަ އެވެ. ޤުރުއާން މުބާރާތުގައި ބައިވެރިވާ ދަރިވަރުންނަށް ހިތްވަރު ދެއްވަމުން އާދަމް ނާސިރު ވިދާޅުވީ އަތޮޅުގެ އެންމެން ތިބީ ދަރިވަރުންނާއެކު ކަމަށާއި މާލެ ގޮސް ރަނގަޅު ނަތީޖާއެއް ހޯދައި އަނެއްކާވެސް ފާއިތުވި އަހަރު ނަތީޖާ އަލުން އަބުރާ އިޔާދަކުރުމަށްށެވެ.
ހދ އަތޮޅުގެ ޤުރުއާން ކިޔެވުމުގެ މުބާރާތް މިއަދު ވަނީ ނޮޅިވަރަންފަރުގައި 127 ދަރިވަރުންނާއެކު ފެށިފަ އެވެ.