twitterviber whatsapp telegramfacebookyoutube instagram
11th April 2026

ކުޅުދުއްފުށީ އެއާޕޯޓްގެ އެއްވެސް މަސައްކަތެއް މިހާރު ކުރާ ކަމެއް ރަސްމީކޮށް އެނގިފައެއް ނެތް: ހދ އަތޮޅު ކައުންސިލް

Apr 4, 2015

ވެރިކަން ލިބޭތާ ދެ އަހަރުތެރޭ އަޅާ ނިންމާނެ ކަމަށް ވައުދުވި ކުޅުދުއްފުށީ އެއާޕޯޓްގެ އެއްވެސް މަސައްކަތެއް މިހާރު ކުރިއަށްދާ ކަމެއް ރަސްމީކޮށް ހދ އަތޮޅު ކައުންސިލަށް އެނގިފައިނުވާ ކަމަށް އެ ކައުންސިލްގެ ރައީސް އާދަމް ނަސީރު ވިދާޅުވެއްޖެއެވެ.

” ކުޅުދުއްފުށި އޮންލައިނަށް ” މައުލޫމާތު ދެއްވަމުން އާދަމް ނަސީރު ވިދާޅުވީ މީގެ ދެ މަހެއް ކުރިން ޓުރިޒަމް މިނިސްޓްރީއަށް އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތާއި މިހާރު ކުރަމުންދާ ކަންތައްތައް ސާފުކުރުމަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި ނަމަވެސް އެ ސިޓީއަށް އަދިވެސް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

އުއްމީދަކީ ކުޅުދުއްފުށީގައި އެއާޕޯޓް ގާއިމުކުރެވިގެން ދިއުން ކަމަށާއި އެހެން ނަމަވެސް މިހާރު ކުރެވޭ މަސައްކަތާ ބެހޭގޮތުން މައުލޫމާތު ހޯދުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އާދަމް ނަސީރު ވިދާޅުވީ ފުރަތަމަ އަހަރު ދިމާވި އެކިއެކި ކަންތައްތަކާހުރެ އެއާޕޯޓްގެ މަސައްކަތް ލަސްވީކަން ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް މިހާރު އެއާޕޯޓްގެ އެއްވެސް މަސައްކަތެއް ކުރެވޭތަނެއް ނުފެންނަ ކަމަށެވެ.

އެއާޕޯޓްގެ މަސައްކަތް ނުފެށި ލަސްވެފައިވާތީ އެކަމަށް ޖަވާބެއް ހޯދުމަށް ކުޅުދުއްފުށީ ކައުންސިލުން ރައީސް ޔާމީނަށް ފޮނުއްވި ސިޓީއަށްވެސް ޖަވާބެއް ލިބިފައިނުވާކަން ފާހަގަކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355