twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހދ އަތޮޅު ޤުރުއާން މުބާރާތުގެ ރަންވަނަތައް މިއަހަރުވެސް ވައިކަރަދޫއަށް

Apr 4, 2015

ގައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތަށް ދަރިވަރުން ހޮވުމަށްޓަކައި ނޮޅިވަރންފަރުގައި ބޭއްވި ހދ އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ރަންވަނަތައް ހދ. ވައިކަރަދޫއިން ހޯދައިފި އެވެ.

ހދ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން މި މަހުގެ 02 އިން 04 އަށް ބޭއްވި އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތުގެ އެއްވަނަ ވައިކަރަދޫގައި ހުންނަ ހދ އަތޮޅު މަދަރުސާއިން ހޯދިއިރު މުބާރާތުގައި ބަލައިގެން އަދި ނުބަލާ ކިޔެވުމުގެ ގޮފިން ވެސް އެއްވަނަ ހޯދާފައިވަނީ ހދ. އަތޮޅު މަދަރުސާ އެވެ.

11 ރަށެއްގެ 12 ސްކޫލަކުން ބައިވެރިވި މި މުބާރާތުން ދެވަނައަށް ގޮސްފައިވަނީ ހދ. މަކުނުދޫ އެވެ. އަދި ބަލައިގެން އަދި ނުބަލާ ކިޔެވުމުގެ ގޮފިން ދެވަނަވެސް ހޯދާފައިވަނީ މަކުނުދޫ އެވެ.

މުޅި މުބާރާތުން ތިންވަނައަށް ގޮސްފައިވާ ރަށްތަކަކީ ނޮޅިވަރަންފަރާއި ހަނިމާދޫ އެވެ. މީގެ އިތުރުން މުޅި މުބާރާތުގެ ނުބަލާ ކިޔެވުމުގެ ގޮފިން ތިންވަނައަށް ގޮސްފައިވަނީ ހަނިމާދޫއެވެ. މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން ތިންވަނައަށް ގޮސްފައިވާ ރަށަކީ ހަނިމާދޫ އެވެ.

127ދަރިވަރުން ވާދަކުރި މިމުބާރާތުގެ އެއްވަނައަށް ގޮސްފައިވާ ދަރިވަރަކީ ފާތިމަތު ނިހާލް މުހައްމަދު ކަރިޝްމާވިލާ، ވައިކަރަދޫ އެވެ. މުޅި މުބާރާތުން ދެވަނައަށް ގޮސްފައިވަނީ ހަނިމާދޫ ހިރި ފާތިމަތު ރިފްދާ އެވެ. އަދި ތިންވަނައަށް ގޮސްފައިވާ ދެ ދަރިވަރުންނަކީ ވައިކަރަދޫ ފަންތި، އާޔަތުﷲ ބުން އަބުދުލް ކަރީމް އާއި މަކުނުދޫ ރިވަރެންސް އަމީން ފަޒީލް އެވެ.

މި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދާފައިވަނީ، ހދ އަތޮޅު މަދަރުސާގެ އަހުމަދު އަރުޝަމް އެވެ. ދެވަނަ ނޮޅިވަރަންފަރު ސްކޫލުގެ އަހުމަދު ހަލަފް ހޯދިއިރު ތިންވަނަ ލިބިފައިވަނީ ނޮޅިވަރަން ސްކޫލުގެ މަޒީނާ މުހައްމަދަށާއި މަކުނުދޫ ސްކޫލްގެ މަލަކާ މުހައްމަދު ހަބީބް އެވެ.

ނުބަލައި ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދާފައިވަނީ ހދ އަތޮޅު މަދަރުސާގެ ފާތިމަތު ނިހާލް މުހައްމަދެވެ. ދެވަނަ ހޯދީ ހަނިމާދޫ ސްކޫލުގެ ދަރިވަރު ފާތިމަތު ރިފްދާ އެވެ. މިބައިން ތިންވަނަ ހޯދީ މަކުނުދޫ އުއްމީދީ ޕްރީ ސްކޫލުގެ އަމީން ފަޒީލް އާއި ހދ އަތޮޅު މަދަރުސާގެ އާޔަތުﷲ ބުން އަބުދުއް ކަރީމް އެވެ.

ގައުމީ މުބާރާތަށް ހޮވުނު 15 ދަރިވަރުން

މި މުބާރާތުން، މިއަހަރުގެ ގައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތު ގައި ހދ އަތޮޅު ތަމްސީލް ކުރާނެ 15 ދަރިވަރަކު ވަނީ ހޮވާފައެވެ. އެ ދަރިވަރުންނަކީ މަކުނުދޫ ސްކޫލުގެ މަލަކާ މުހައްމަދު ހަބީބް ހަމަ އެސްކޫލުގެ މުހައްމަދު ޝަމާލް، އައިމިނަތު ނަޔާ އަދި މަކުނުދޫ ޕްރީ އުއްމީދީ ޕްރީސްކޫލްގެ އަމީން ފަޒީލް އެވެ. އޭގެ އިތުރުން ހަނިމާދޫ ސްކޫލުގެ ދަރިވަރަކު ހޮވިފައިވެއެވެ. އެއީ ފާތިމަދު ރިފްދާ އެވެ. އަދި އަހުމަދު ހަލަފް ވަނީ ނޮޅިވަރަމް ސްކޫލުން ހޮވިފައެވެ. އަދި ހދ އަތޮޅު މަދަރުސާއިން އަހުމަދު އަރުޝަމް، ހިދާޔާ އަހުމަފު، ފާތިމަތު ނިހާލް މުހައްމަދު، އާޔަތުﷲ ބުން އަބުދުލް ކަރީމް، ފައިހާ އަބުދުލް އަގީލް އަދި ޔޫޝަ ބިން މުހައްމަދު ވެސް ގައުމީ މުބާރާތަށް ހޮވިފަ އެވެ. އަދި މީގެއިތުރުން ޖަލާލުއްދީން ސްކޫލްގެ ޝަމްހާ އަލީ ރިޒާ އާއި ނޮޅިވަރަމް ސްކޫލްގެ މަޒީނާ މުހައްމަދު ހޮވުނުއިރު ހދ އަތޮޅު ތައުލީމީ މަރުކަޒުގެ މުހައްމަދު ޢައްމާރު އަހުމަދު ނަސީމް ވަނީ ގައުމީ މުބާރާތަށް ހޮވިފަ އެވެ.

މިރޭ ނޮޅިވަރަންފަރު ސްކޫލުގައި ބޭއްވި ހދ އަތޮޅު ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މިމުބާރާތުގެ ހާއްސަ ވަނަތައް ހޯދާފައިވާ ދަރިވަރުންނަށް އިނާމާ ޓްރޮފީ ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާނު މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ އާދަމް ޝަރީފް އާއި ހދ އަތޮޅު ކައުންސިލްގެ ރައީސް އާދަމް ނަސީރު އަދި ނައިބު ރައީސް އަހުމަދު އާތިފް އެވެ.

ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިޔާތުގައި އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ މެންބަރުން ބައިވެރިވެފައިވާއިރު މުބާރާތުގެ ބައިވެރިންނާއި އާންމުން ބައިވެރިވެފައިވެ އެވެ.

މިމުބާރާތަކީ 2011 ވަނަ އަހަރުން ފެށިގެން އަތޮޅު ފެންވަރުގަ ބާއްވަމުން އަންނަ މުބާރާތެކެވެ. މިދިޔަ އަހަރުވެސް މި މުބާރާތުގެ އެއްވަނަ ހޯދީ ވައިކަރަދޫ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355