twitterviber whatsapp telegramfacebookyoutube instagram
11th July 2025

މަކުނުދޫ ވިޔަފާރިވެރިން ދެބަސްވުމެއްގައި

Apr 11, 2015

ކަރަންޓް ބިލް ބޮޑުވުމާ ގުޅިގެން ހދ މަކުނުދޫގެ ގެ ވިޔަފާރުވެރިން ތަކެތީގެ އަގު ބޮޑުކޮށްފި އެވެ.

އެހެންނަމަވެސް ބައެއް ވިޔަފާރި ވެރިންގެ ތާއިދު ނުލިބުމާ ގުޅިގެން ކުރީގެ އަގުތަކަށް އަލުން ބަދަލުކޮށްފަ އެވެ.

އެރަށުގެ ވިޔަފާރިވެރިއެއް ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން ވިދާޅުވީ ތަކެތީގެ އަގު ބޮޑުކުރުމަށް ބައެއް ވިޔަފާރި ވެރިން ތާއީދުނުކުރާތީ ވަކި ގޮތެއް ނިމިފައި ނުވާކަމަށާއި ތަކެތީގެ އަގު ކުރިންހުރި ރޭޓަށް މިހާރު ބަދަލުކުރެވިފައިވާނެ ކަމަށެވެ.

އޭގެ އިތުރުން ކަރަންޓް ބިލް ބޮޑުވުމާ ގުޅިގެން އެރަށުގެ ހުރިހާ ފިހާރައެއް ވަނީ މިދިޔަ ހޯމަދުވަހު ބަންދުކުރުމަށްފަހު ކަންބޮޑުވުން ފާޅުކޮށް އިހްތިޖާޖްކޮށްފަ އެެވެ.

މަކުނުދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާކިރު ވިދާޅުވީ އެރަށު ވިޔަފަރިވެރިންގެ ޝަކުވާއަކީ ލިބޭ އާމްދަނީ އަށްވުރެ ބޮޑު އެއްޗެއް ކަރަންޓު ބިލަށް އަރާތީ އެ ޝަކުވާ ކަމަށާއި އެހެންނަަމަވެސް ސަރުކާރުގެ ފަރާތުން އަދިވެސް މިކަމާ ބެހޭގޮތުން އެއްވެސް ޖަވާބެއް ލިބިފައިނުވާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355