twitterviber whatsapp telegramfacebookyoutube instagram
11th April 2026

ޤުރުއާން މުބާރާތުގައި ވައިކަރަދޫއިން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ހަފްލާއެއް ބާއްވައިފި

Apr 12, 2015

ހދ އަތޮޅު ޤުރުއާން މުބާރާތާއި ވައިކަރަދޫ ކައުންސިލުން ބޭއްވި ޤުރުއާން މުބާރާތުގައި ވައިކަރަދޫ ދަރިވަރުން ހޯދި ކާމިޔާބީތައް ފާހަގަކުރުމަށް ހަފުލާއެއް ބާއްވައިފި އެވެ.

ރޭ ހދ އަތޮޅު މަދަރުސާގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ހާއްސަ ހަފުލާ ޝަރަފުވެރިކޮށްދެއްވީ ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އާތިފެވެ. އަދި މި ހަފުލާގައި އަތޮޅު ކައުންސިލްގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ސަގީފްވެސް ބައިވެރިވެފައިވެއެވެ.

މި ހަފުލާގައި އަތޮޅު ޤުރުއާން މުބާރާތުގައި ރަންވަނަތައް ހާސިލުކުރި ދަރިވަރުންނަށް ހަނދާނީ ލިޔުމާއި އިނާމް ހަވާލުކޮށްފައިވެއެވެ.

ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން–ފޮޓޯ: ވައިކަރަދޫ ކައުންސިލް

ހދ އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތުގެ އެއްވަނަ ވިދިވިދިގެން ދެއަހަރު ވައިކަރަދޫއިން ހޯދާފައިވާއިރު މިއަހަރުގެ ހދ އަތޮޅު ޤުރުއާން މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަވެސް ހޯދާފައިވަނީ ހދ ވައިކަރަދޫއެވެ. މީގެ އިތުރުން ގައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ހދ އަތޮޅު ތަމްސީލުކުރާ 15 ދަރިވަރުންގެ ތެރެއިން 6 ދަރިވަރުންނަކީ ވައިކަރަދޫއަށް ނިސްބަތްވާ ދަރިވަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355