twitterviber whatsapp telegramfacebookyoutube instagram
23rd April 2024

މިނިވަން 50 ފާހަގަކުރުމުގެ ގޮތުން ދިއްދޫގައި ބަޑިބޭހުގެ ކުޅިވަރާއެކު މިއުޒިކް ޝޯއެއް ބާއްވައިފި

Apr 12, 2015

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން ދިއްދޫގައި ބަޑިބޭހުގެ ކުޅިވަރާއެކު އޮލިމްޕިއަންސްގެ ވަރަށް ފޯރިގަދަ މިއުޒިކް ޝޯއެއް ބާއްވައިފި އެވެ.

“ރަން ޔޫބީލް ދިއްދޫ”ގެ ނަމުގައި ދިއްދޫ ދެކުނު ސްޓޭޖްގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޝޯގައި މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް ހަމްދީ ގިނަ ލަވަތަކެއް ހުށަހަޅައިދިނެވެ.

ހަމްދީގެ އިތުރުން ވެސް މަޝްހޫރު ލަވަކިއުންތެރިން ކަމަށްވާ އިބްރާހިމް ޝަކީބާއި ފާތުމަތު ރައޫފާއި މަހުމޫދާ ޝަކީބާއި ޝަފީގާ އާއި ސޮފޫރާ ޚަލީލް ވަނީ ލަވަކިޔައިފަ އެވެ. އަދި މިހާރުގެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އާއި ކުޑައިއްބެ އާއި އަންމަޑޭ ވެސް ވަނީ ޝޯގައި ރީތި ލަވަތަކެއް ކިޔައިފަ އެވެ. އަދި ހާއްސަ މެހުމާނެއްގެ ގޮތުން މަޝްހޫރު ލަވަކިޔުންތެރިޔާ އުމަރު ޒާހިރު ބައިވެރިވެ އޭނާގެ އެންމެ މަޝްހޫރުވި ލަވަ ކަމަށްވާ “މޫނޭ ތިއީ ހިތް އެދޭ…” އިން އެންމެން ޖަޒުބާތުގެ ތެރެއަށް ވައްޓާލި އެވެ.

ދިއްދޫގައި ބާއްވާ އޮލިމްޕިއަންސް މިއުޒިކް ގުރޫޕްގެ ދެ ޝޯގެ ތެރެއިން ރޭ ހާއްސަކޮށްފައި ވަނީ ހއ. އަތޮޅުގެ އަނެއް 13 ރަށުގެ ރައްޔިތުންނަށެވެ. ޝޯ ބެލުމަށްޓަކައި އެ ރަށްރަށުގެ މީހުން ފެރީގައި ގެނައުމުގެ އިންތިޒާމް ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ކުރިއަށް ގެންދާ ކަމަށް މައުލޫމާތު ލިބެ އެވެ.

މިނިވަން 50ގެ ހަރަކާތާ ގުޅުވައިގެން ވަރަށް ޚާއްސަ ކުޑަކުދިންގެ ހަވީރެއް ދިއްދޫގައި އިއްޔެ ވަނީ ބާއްވާފަ އެވެ. ދިއްދޫ ޕޮލިސް ސްޓޭޝަނާ ގުޅިގެން ބާއްވާ މި ކުޑަކުދިންގެ ހަވީރުގައި ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދިޔަ ކަމަށް ޝޯ އިންތިޒާމްކުރާ ފަރާތުން ބުނެ އެވެ.

މިނިވަން 50ގެ ހަރަކާތްތައް ދިއްދޫގައި ބާއްވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ އިތުރުން ހޯމް މިނިސްޓްރީ އާއި އެންސީއޭ އާއި ދިއްދޫގެ ކްލަބް ޖަމިއްޔާތަކާއި ދިއްދޫ ކައުންސިލް އަދި ހއ. އަތޮޅު ކައުންސިލް ގުޅިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355