twitterviber whatsapp telegramfacebookyoutube instagram
11th July 2025

ކުޅުދުއްފުށީ ވިޔަފާރިވެރިން ކަރަންޓު ބިލް އަނބުރާ ފެނަކައާ ހަވާލުކޮށްފި

Apr 12, 2015

ވިޔަފާރީގެ ގޮތުގައި ރަޖިސްޓަރ ކޮށްފައިވާ ތަންތަނަށް ދެމުންދިޔަ ކަރަންޓު ސަބްސިޑީ ކަނޑާލުމާ ގުޅިގެން ކަރަންޓު ބިލް ތިންގުނައަށް ބޮޑުވެފައިވާތީ އެކަމަށް ސަރުކާރުން ހައްލެއް ހޯދައިދީފައިނުވާތީ ކުޅުދުއްފުށި ވިޔަފާރިވެރިން ކަރަންޓު ބިލްތައް އަނބުރާ ފެނަކައަށް ހަވާލުކޮށްފިއެވެ.

ކުޅުދުއްފުށީ ވިޔަފާރިވެރިންގެ ކޮމެޓީގެ ނައިބު ރައީސް ހުސެއިން އަލީ މި ނޫހަށް މައުލޫމާތުދިން ގޮތުގައި ސަރުކާރުން ބިލްތަކަށް ލުއިގޮތެއް ހޯދައިދީފައި ނުވާތީ ކަރަންޓު ބިލަށް ހައްލެއް ލިބެންދެން ފޮނުވާފައިވާ ކަރަންޓު ބިލް އަނބުރާ ފެނަކަ ކޯޕަރޭޝަންއަށް ހަވާލުކުރުމަށް ކޮމެޓިން ނިންމާފައިވާތީ އެގޮތަށް އެ ބިލްތައް މިއަދު ކުޅުދުއްފުށީ ފެނަކައާ ހަވާލުކޮށްފައިވާ ކަމަށެވެ.

ވިޔަފާރިވެރިންގެ ކޮމެޓީން ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލަށް ޕެޓިޝަނެއްވެސް ހުށައަޅަފައެވެ. މި ޕެޓިޝަނުގައި ކުޅުދުއްފުށީގެ 60 އަށްވުރެ ގިނަ ވިޔަފާރިވެރިން ސޮއިކޮށްފައިވެއެވެ. މި ޕެޓިޝަނުގައި ކަރަންޓު ބިލަށް ހައްލެއް ހޯދައިދިނުމަށް އެދިފައިވެއެވެ.

މިއަދު ކުޅުދުއްފުށީ ފެނަކަ ބްރާންޗަށް ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބިލް އަނބުރާ ރައްދުކުރުމަށް ގޮސްފައިވެއެވެ.

ކުޅުދުއްފުށީ ވިޔަފާރިވެރިން ޕެޓިޝަން ހުށައަޅައި ބިލް އަނބުރާ ރައްދުކޮށްފައި މިވަނީ 7.50 ރުފިޔާގެ ރޭޓުން ކަރަންޓު ބިލް ނުދެއްކޭނެ ކަމަށް ބުނެއެވެ. ކަރަންޓު ބިލް ދެއްކޭނީ ރޭޓަށް ބަދަލެއް ގެނައުމުން ކަމަށްވެސް ވިޔަފާރިވެރިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355