twitterviber whatsapp telegramfacebookyoutube instagram
16th May 2025

އުރަމަތީ ކެންސަރަށް ސްކްރީންކުރުމުގެ ހަރަކާތެއް ކުޅުދުއްފުށީގައި ކުރިއަށްދަނީ

Apr 16, 2015

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިން ގުޅިގެން އުރަމަތީ ކެންސަރަށް ސްކްރީންކުރުމުގެ ހަރަކާތެއް ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކުރިއަށް އެބަ ގެންދެއެވެ.

ކުޅުދުއްފުށި ހޮސްޕިޓަލްގެ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރ ޝަބާނާ އަލީ މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ހަރަކާތަކީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅިގެން ކުރިއަށްދާ ހަރަކާތެއް ކަމަށާއި މި ހަރަކާތުގައި ސިންގަޕޫރްގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް ހަރަކާތްތެރިވާ ކަމަށެވެ.

އިއްޔެއިން ފެށިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސްކްރީންކުރުމުގެ މި ހަރަކާތް ކުރިއަށްދާއިރު މިއަދު ހަވީރު 5 ށް މި ހަރަކާތް ދެމިގެންދާނެއެވެ.

ޝަބާނާ ވިދާޅުވީ އުރަމަތީ ކެންސަރަށް ސްކްރީންކުރުމަށް 500 އަށްވުރެ ގިނަ ފަރާތުން ނަން ނޯޓްކޮށްފައިވާ ކަމަށާއި މިހާރު 200 އަށްވުރެ ގިނަ ފަރާތް ސްކްރީން ކުރެވިފައިވާ ކަމަށެވެ. މި ހަރަކާތަކީ ކޮންމެ އަންހެނަކަށްވެސް ބައިވެރިވެވޭނެ ގޮތަށް އާންމުކޮށް ހުޅުވާލާފައިވާ ހަރަކާތެކެވެ.

އުރަމަތި ސްކްރީން ކުރުމަށް ހޮސްޕިޓަލަށް މިއަދު ގޮސްފައި ތިބި އަންހެނުން ތަކެއް–ފޮޓޯ: ވާހިދު

މި ހަރަކާތުގެ މަގުސަދަކީ އުރަމަތީ ކެންސަރަށް މަގުފައިވާ ކަންތައްތަކަށް އާންމުން އަހުލުވެރިކޮށް ހޭލުންތެރިކުރުމާއި އުރަމަތީ ކެންސަރުގެ ކުރީކޮޅު ބަލި ދެނެގަތުމަށް ކަމަށް ޝަބާނާ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355