twitterviber whatsapp telegramfacebookyoutube instagram
12th August 2026

ކުޅުދުއްފުށީގައި ގާއިމްކުރި ޕޮރެންސިކް ލެބްގެ ހިދުމަތް އިފްތިތާހް ކޮށްފި

Apr 16, 2015

ކުޅުދުއްފުށީގައި ފުލުހުން ގާއިމްކުރި ފޮރެންސިކް ލެބްގެ ހިދުމަތް މިއަދު އިފްތިތާހް ކޮށްފި އެވެ.

މިކަމަށްޓަކާ މިއަދު ކުޅުދުއްފުށީ ޕޮލިސް ޓޭޝަނުގައި އޮތް ރަސްމިއްޔާތެއްގައި މި ލެބޯޓަރީ ހުޅުވައިދެއްވީ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދާއި ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދެވެ.

ލެބް ހުޅުވައްދެވުމަށް ފަހު ނައިބް ރައީސް ބައްލަވައިލައްވަނީ–ފޮޓޯ: ވާހިދު

އަޕަރ ނޯތް ޕޮރެންސިކް ލެބޯޓަރީގެ ނަމުގައި ހުޅުވި މި ލެބޯޓަރީން ބޮޑީފުލިއިޑް ނުވަތަ ހަށިގަނޑުން ނެގޭ ސާމްޕަލް ތަހުލީލު ކުރުމާއި މަސްތުވާތަކެއްޗަށް ޓެސްޓް ކުރުމުގެ ހިދުމަތާއި ބަނގުރަލުގެ ޓެސްޓް އަދި މޮބައިލް ފޮރެންސިކްގެ ހިދުމަތް ލިބިގެންދާނެ އެވެ.

ފޮރެންސިކް ލެބޯޓަރީ ހުޅުއްވައިދެއްވުމަށް ފަހު ފޮޓޯ އަކަށް ހުއްޓިވަޑައިގެން–ފޮޓޯ: ވާހިދު

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް މިއަދު އިފްތިތާހް ކުރެވުނު ފޮރެންސިކް ލެބްގެ ސަބަބުން ފުލުހުންގެ މަސައްކަތްތައް އަވަސްވެ އަލުވިވެގެންދާނެ ކަމަށެވެ.

ލެބޯޓަރީ ހުޅުވައިދެއްވުމަށް ފަހު ނައިބް ރައީސް ވަނީ ލެބޯޓަރީ ބައްލަވާލައްވަފަ އެވެ. މިރަސްމިއްޔާތުގެ އަޕަރ ނޯތް ޑިވިޝަންގެ ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355